އިސްރާއީލްގެ އިންޓެލިޖެންސަށް ޤަޠަރުގައި ތިބި ޙަމާސްގެ ލީޑަރުން ނުފެނުނު

ޢަބްދުﷲ ޖުނައިދު | 6 ގަޑިއިރު ކުރިން - 10 ސެޕްޓެންބަރު 2025 16:21
މޮސާޑުން މަސައްކަތްކުރަނީ ޙަމާސް ނެތިކޮށްލަން.
މޮސާޑުން މަސައްކަތްކުރަނީ ޙަމާސް ނެތިކޮށްލަން.
ޚުލާސާ

އިސްރާއީލުގެ މޮސާޑާއި ޝިން ބެޓްގެ ޖާސޫސުން މަސައްކަތްކުރީ ޤަޠަރުގެ ދޯހާއިން ޙަމާސްގެ އެންމެ އިސް ލީޑަރުން ޝަހީދުކޮށްލަން. ނަމަވެސް އެމީހުންނަށް ޙަމާސްގެ ލީޑަރުން ތިބި ތަނެއް ނޭނގުނު.

އިސްރާއީލުން ދިން ޙަމަލާއިން ރޭ ޤަޠަރުގެ ވެރިރަށް ދޯހާ އާއި މުޅި ޢަރަބި ދުނިޔެ ގުޑައިގެން ދިޔަކަމުގައި ވިޔަސް، ޔަހޫދީންގެ އެ އޮޕަރޭޝަނުގައި އެ މީހުން ޝަހީދު ކޮށްލަން އުޅުނު ޙަމާސްގެ އިސް ލީޑަރުން އެ ޙަމަލާ އިން ސަލާމަތް ވެއްޖެ ކަމަށް ޙަމާސް އާއި ގުޅުން ހުރި މަސްދަރުތަކުން ބުނެފިއެވެ.

އިސްރާއީލުގެ މޮސާޑާއި ޝިން ބެޓްގެ ޖާސޫސީ މަޢުލޫމާތާއި އެކު ދިން މި ވައިގެ ޙަމަލާގައި ހަމާސްގެ ފަސް ބޭފުޅަކާއި ޤަތަރުގެ ސެކިއުރިޓީ އޮފިސަރަކު ޝަހީދުވިއެވެ. އޭގެ ތެރޭގައި ޙަމާސްގެ އެންމެ އިސް ސަފުގައި މަސައްކަތްކުރާ އެއްވެސް ބޭފުޅަކު ނުހިމެނެ އެވެ.

އިސްރާއީލުގެ މަސްދަރުތަކުން ބުނާ ގޮތުގައި މި ޙަމަލާގެ އަމާޒަކީ ދޯހާއަށް ވަޑައިގެން އުޅުއްވާ ޙަމާސްގެ ވަފުދު އެއްކޮށް “ނައްތައިލުމެވެ”.

ޙަމަލާ ދިން އިރު ދޯހާގައި ޙަމާސްގެ ލީޑަރު ޚަލީލް އަލް ހައްޔާ ވެސް ވަޑައިގެން އުޅުއްވިއެވެ. ރިޕޯޓްތަކުން ކަށަވަރުކޮށްދޭ ގޮތުގައި އަލްހައްޔާގެ ދަރިފުޅު ޝަހީދުވިއެވެ.

ޙަމަލާގައި ޝަހީދުވީ ބޭފުޅުން:

1- ޝަހީދު ޖިހާދު ލަބާދު އަބޫ ބިލާލް / ޙަމާސް ލީޑަރު ޑރ.ޚަލީލް އަލްޙައްއްޔާގެ އޮފީހުގެ ޑިރެކްޓަރ.

2- ޝަހީދު ހައްމާމް އަލްޙައްޔާ އަބޫޙައްމާމް / ހަމާސް ލީޑަރު ޑރ.ޚަލީލް އަލްޙައްއްޔާގެ ދަރިކަލުން.

3- ޝަހީދު ޢަބްދުﷲ ޢަބްދުލް ވަޙީދު އަބޫ ޚަލީލް / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

4- ޝަހީދު މޫޢާމަން ޙަސޫނާ އަބޫ ޢުމަރު / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

5- ޝަހީދު އަޙްމަދު ޢަބްދުލްމަލިކު އަބޫ މާލިކު / ހަމާސްގެ އިސް ލީޑަރުންގެ އަރިހުގައި އުޅުއްވާ ބޭފުޅެއް.

އިސްރާއީލުން ޤަޠަރަށް ޙަމަލާ ދިން އިރު ޤަޠަރުގެ އެއާ ޑިފެންސް ސިސްޓަމް އެ ޙަމަލާތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފއެއް ނުވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%