Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ ވެރިކަން "ދޫކޮށްލައި" ރަހީނުން ވެސް ދޫކޮށްލަން ޙަމާސް އިން އެއްބަސްވެއްޖެ

ޣައްޒާގެ ވެރިކަން "ދޫކޮށްލައި" ރަހީނުން ވެސް ދޫކޮށްލަން ޙަމާސް އިން އެއްބަސްވެއްޖެ

ޢަބްދުﷲ ޖުނައިދު
340 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 02:09
ކުއްލި ޚަބަރު: ޣައްޒާގެ ވެރިކަން ދޫކޮށްލައި ރަހީނުން ވެސް ދޫކޮށްލަން ޙަމާސް އިން އެއްބަސްވެއްޖެ.
ކުއްލި ޚަބަރު: ޣައްޒާގެ ވެރިކަން ދޫކޮށްލައި ރަހީނުން ވެސް ދޫކޮށްލަން ޙަމާސް އިން އެއްބަސްވެއްޖެ.
ޚުލާސާ

ޓްރަމްޕް ހުށަހެޅި ޕްލޭނަށް އެއްބަސްވުމުގެ ގޮތުން އިސްރާއީލުގެ އަސީރުން މިނިވަންކުރަން ޙަމާސް އިން އެއްބަސްވެއްޖެ. ހުރިހާ ހަތިޔާރެއް ދޫކޮށްލަން އަދި ދެކޮޅު. ވެރިކަމުގެ ބާރުތައް ބަހައިލަންވެސް އެއްބަސް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ޕްލޭންގެ ދަށުން އިސްރާއީލުގެ ހުރިހާ އަސީރުން ދޫކޮށްލައި، ޣައްޒާގެ ވެރިކަމުގެ ބައެއް ބާރުތައް ވެސް ދޫކޮށްލަން ޙަމާސް އިން އެއްބަސްވެއްޖެއެވެ.

ޓްރަމްޕް ހުށަހަޅުއްވާފައި ވަނީ ޙަމާސްގެ ބެލުމުގެ ދަށުގައިވާ އިސްރާއީލުގެ ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން ވެސް ޙަވާލުކުރުމަށެވެ. އަދި ޣައްޒާގެ ވެރިކަން ހިންގުން މިނިވަން އޮތޯރިޓީއަކާއި ޙަވާލުކުރުމަށެވެ.

Advertisement

Advertisement 1

ޓްރަމްޕް ނިންމާފައިވާ ގޮތުގައި ޣައްޒާގެ ވެެރިކަން ހިންގާނެ ގޮތް ކަނޑައަޅާނީ އިނގިރޭސީވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރެވެ. ޓޯނީ ބްލެޔަރަކީ ޢިރާޤުގައި ބައިލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އެބަހުރި ކަމަށް ބުނެ މުޅި ދުނިޔެއަށް އޮޅުވާލައިގެން ޢިރާޤަށް ނޭޓޯ އަރުވައި މުޅި ޢިރާޤު ސުންނާފަތިކޮށްލައި ރައީސް ސައްދާމް ޙުސައިން ވެސް ދަންޖައްސާލުމުގައި އުޅުނު ޚާއިނެވެ. ވީމާ ވައިޓްހައުސް އިން ޓޯނީ ބްލެއަރާއި ޣައްޒާގެ ވަގުތީ ހިންގުން ޙަވާލުކޮށްފިނަމަ މާނައަކީ ޣައްޒާ ދެގުނަ އިސްރާއީލުން ހިފާނެ ކަމަށް ބެލުމެވެ.

ޙަމާސް އިން ބުނަނީ ޣައްޒާގެ މުސްތަޤްބަލާއި ފަލަސްޠީނުގެ އިސްތިޤުލާލާއި ގުޅޭ ނިންމުންތައް ޙައްލު ކުރަން ޖެހޭނީ ފަލަސްޠީނުގެ އެއްބައިވަންތަ އޮނިގަނޑެއްގެ ތެރެއިންނާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެއްގޮތަށެވެ. މީގެ މާނައަކީ ޣައްޒާގެ މުސްތަޤްބަލާއި މެދުގައި ގޮތް ނިންމުމުގައި ޙަމާސް އިން އެހެން ބައެއްގެ އަތްމައްޗަށް ބާރުތައް ދޫކޮށްލަނީއެވެ.

ޙަމާސް އިން އެއްބަސްވި ބައެއް ކަންކަން:

  1. އިސްރާއީލުގެ ހުރިހާ ރަހީނުން (ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުން) ދޫކޮށްލަން ތައްޔާރަށް ހުރުން.
  2. ޣައްޒާގެ ސަރުކާރުގެ ޑެއިލީ އޮޕަރޭޝަންތައް ހިންގުން ފަލަސްޠީނުގެ ކޮމިޓީއަކާއި ޙަވާލުކުރުމުގެ އުޞޫލަށް އެއްބަސްވެއްޖެއެވެ. (މި ކޮމިޓި ހިންގާނީ ވައިޓްހައުސް އިން ބޭނުންވާ ބަޔަކު ލައިގެންނެވެ. ކޮމާންޑް ދޭނީ ޓޯނީ ބްލެއަރ އެވެ)

ޙަމާސް އިން ދެކޮޅު ހަދާ ނުވަތަ އެއްބަސް ނުވެ / ސީރިއަސް ޝަރުތުތަކެއް ކަނޑައަޅާ ކަންކަން

  1. ޙަމާސްގެ ހަތިޔާރުތައް ނައްތާލުން: ޙަމާސް އިން ބުނީ ހަތިޔާރުތަކާއި ހަތިޔާރު ގުދަން އަދި ކޮމާންޑް ސެންޓަރުފަދަ އަސްކަރީ ތަންތަން ދޫކޮށްލަން ބޭނުން ނުވާކަމަށެވެ.
  2. ޣައްޒާގައި އެހެން ޤައުމެއްގެ ސިފައިން ތިބުން: (އެބަހީ ބައިނަލްއަޤްވާމީ ޞުލްޙައިގެ ފޯސް ނުވަތަ ބޭރުގެ ސިފައިން ތިބުމަކީ ޙަމާސްއިން ދެކޭ ގޮތުގައި ޙިޞާރު ކުރުމުގެ އާވައްތަރެކެވެ.
  3. ވެރިކަން އެއްކޮށް ދޫކޮށްލުން: ޣައްޒާ ހިންގަން ޓްރަމްޕް އެދޭ ކޮމެޓީއަކާއި ނުވަތަ ޙަވާލުކުރުމަށް ޙަމާސް އިން އެއްބަސްވި ނަމަވެސް، ފަލަސްޠީނުގެ ޙައްޤުތަކާއި، މުސްތަޤްބަލުގެ އޮނިގަނޑާއި ބެހޭ މުހިންމު ޝަރުޠުތައް (މާނައަކީ މަހްމޫދު ޢައްބާސްގެ ޕީއޭގެ ދައުރު، އަދި ދެން ހޮވައިލެވޭނެ ބަޔަކު ނުވަތަ ޓްރަމްޕްގެ ބަހުންނަމަ އެއްބައިވަންތަ ޤައުމީ އޮނިގަނޑު) އާއި މެދު އަދިވެސް ދަނީ މަޝްވަރާ ކުރަމުންނެވެ.

ޙަމާސްޣައްޒާފަލަސްތީންކުއްލި ޚަބަރު
Advertisement
Advertisement

13 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

ފެނަކަ އާއި އާރްޑީސީ އުވާލަން ނިންމައިފި

2 ދުވަސް ކުރިން - 13:44

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު ޑރ. ޒުހުރީ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

5 ދުވަސް ކުރިން - 13:30

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

ހަތަރު ޤައުމަކަށް އީރާނުން މިރޭ އެބަ ޙަމަލާދޭ

7 ދުވަސް ކުރިން - 04:34

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

ޕިންކް ފްލޮއިޑްގެ ރޮޖާ ވޯޓާސް ފަލަސްތީނުގެ ޑޮކިއުމެންޓްރީ ފިލްމަކާ ގުޅިއްޖެ

9 ދުވަސް ކުރިން - 13:09

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

ވެސްޓް ބޭންކުގައި ފަލަސްތީނު އަންހެނަކަށާއި އެންބީސީގެ ޓީމަކަށް އިސްރާއީލު ވަޒަންވެރިން ހަމަލާދީފި

10 ދުވަސް ކުރިން - 11:13