Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޤަތުލުޢާންމު ހުއްޓާލުމަށް ނަތަންޔާހޫ އެއްބަސްވެއްޖެ: ޓްރަމްޕް

ޤަތުލުޢާންމު ހުއްޓާލުމަށް ނަތަންޔާހޫ އެއްބަސްވެއްޖެ: ޓްރަމްޕް

އައިޝަތު ރުވާ ރިފްޢަތު
344 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2025 03:51
ކުއްލި ޚަބަރު: ޤަތުލުޢާންމު ހުއްޓާލުމަށް ނަތަންޔާހޫ އެއްބަސްވެއްޖެ: ޓްރަމްޕް
ކުއްލި ޚަބަރު: ޤަތުލުޢާންމު ހުއްޓާލުމަށް ނަތަންޔާހޫ އެއްބަސްވެއްޖެ: ޓްރަމްޕް
ޚުލާސާ

މެދުއިރުމަތީގައި ޞުލްޙަ ޤާއިމްކުރުމަށް، އިސްރާއީލަށް މޮޅު ލިބޭހެން ޓްރަމްޕް ހުށަހެޅި 20 ނުކުތާގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ.

ޣައްޒާ ހަނގުރާމަ ހުއްޓާލައި ޞުލްޙަ ޤާއިމްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި 20 ނުކުތާގެ ޕްލޭނަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެ ކަމަށް ވައިޓްހައުސްގައި ދާދި ދެންމެއަކު ނަތަންޔާހޫ އާއި އެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕްގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވިޔަސް، މިއީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ވުރެ ސިޔާސީ ގޮތުން ކުޅުނު އެއްޗެއް ކަމަށް ބުރަ ވެވޭ ކަމަށް މުޙައްލިލުން ބުނެއެވެ.

ހަނގުރާމަ ހުއްޓަލުމުގެ ޕްލޭނަށް ނަތަންޔާހޫ އެއްބަސްވިކަން ޢާންމުކޮށް އިޢުލާން ކުރިއިރު، މިއީ ހަނގުރާމަ ފެށުނު ފަހުން އެމެރިކާ އިސްވެ އޮވެގެން އިސްރާއީލުން ރަސްމީކޮށް މިފަދަ ގޮތަކަށް ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

Advertisement

Advertisement 1

އިސްރާއީލުން ޓްރަމްޕާއި އެކު ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި މެދުއިރުމަތީގައި ޞުލްޙަ ޤާއިމް ކުރުމަށް ޓްރަމްޕް އެކުލަވައިލި 20 ނުކުތާ އަށް މި އެއްބަސްވީ، އިސްރާއީލުން ޞުލްޙަ އަށް ހުރަސް އަޅައިފި ކަމަށާއި އިސްރާއީލުން ޤަޠަރަށް ޙަމަލާ ދިން ފަހުން މިހާތަނަށް އެއްވެސް ހުށަހެޅުމެއް ނުލިބޭ ކަމަސް ޙަމާސް އިން ބުނުމާއި އަދި ޞުލްޙައިގެ މަޝްވަރާތައް ފެށޭނެ މާޞައުލެއް ވެސް ނެތް ކަމަށް ޙަމާސް އިން ބުނިތާ 24 ގަޑިއިރު ނުވަނީސް ކަން ފާހަގަ ކުރެވެއެވެ.

ޓްރަމްޕް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ވަގުތުން ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި، 72 ގަޑިއިރުގެ ތެރޭގައި ރަހީނުކޮށްފައިވާ ހުރިހާ މީހުން އަނބުރާ ގެނައުމާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމާއި، މަރުޙަލާތަކަކަށް ބަހާލައިގެން އިސްރާއީލުން މަޑުމަޑުން ޣައްޒާގެ ބިމުން ފޭބުމާއި، ޣައްޒާގައި ހަތިޔާރު އެޅި ބަޔަކު ނުތިބުމާއި، އިސްރާއީލަށް ގެއްލުން ނުދޭނެ ކަމަށް ބުނާ ޙަމާސްގެ ހަނގުރާމަވެރިންނަށް މަޢާފު ދިނުން ނުވަތަ އެހެން ޤައުމަކަށް ބަދަލުކުރުމާއި، ޣައްޒާގެ ބިމުގައި ވެރިކަން ކުރުމަށް ޙަމާސް އަށް އެއްވެސް މިންވަރެއް ލިބިގެން ނުވުމާއި، ފަލަސްޠީނުގައި އެންމެން ރުހޭ (ޙަމާސް ނުހިމެނޭ) ގޮތަށް ވެރިކަމެއް އުފެއްދުމާއި، އިންސާނީ އެހީ ލިބޭނެ ކަމުގެ ޔަޤީންކަން ފޯރުކޮށްދިނުމާއި، ބޯޑަރުތައް އަލުން ހުޅުވުމާއި، ޣައްޒާ އަލުން ބިނާކުރުމާއި، ޣައްޒާގެ ކޮންޓްރޯލް އިސްރާއީލުން ބެލެހެއްޓުމާއި، ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ނުނެރުމަށާއި، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީ ފުޅާކުރުމުގެ މައްސަލަ މަޑުޖެއްސުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޓްރަމްޕްގެ މި 20 ޕޮއިންޓަށް ޙަމާސް އިން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

މެދުއިރުމަތިޣައްޒާޑޮނަލްޑް ޓްރަމްޕުޙަމާސްނަތަންޔާހޫ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

20 ދުވަސް ކުރިން - 04:34