Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގެ މުޒާހަރާތަކުގެ ސަބަބުން އިޓަލީ ޕެރެލައިޒްވެ، ޕްރެޝަރު ބޮޑުވެއްޖެ

ޣައްޒާގެ މުޒާހަރާތަކުގެ ސަބަބުން އިޓަލީ ޕެރެލައިޒްވެ، ޕްރެޝަރު ބޮޑުވެއްޖެ

ޢަބްދުﷲ ޖުނައިދު
295 ދުވަސް ކުރިން - 4 އޮކްޓޫބަރު 2025 10:32
އިޓަލީގައި ކުރިޔަށްދާ މުޒާހަރާތަކުގެތެރެއިން / ފޮޓޯ: އަލްޖަޒީރާ
އިޓަލީގައި ކުރިޔަށްދާ މުޒާހަރާތަކުގެތެރެއިން / ފޮޓޯ: އަލްޖަޒީރާ
ޚުލާސާ

ޣައްޒާގެ ދިފާޢުގައި އިޓަލީ ރައްޔިތުން މުޒާހަރާ އަށް ނުކުތުމުން އެ ޤައުމުގެ އެއްގަމާއި ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި މަދަނީ ޚިދުމަތްތައްވެސް ހުއްޓިއްޖެ.

އިސްރާއީލުން ގްލޯބަލް ޞުމޫދު ފްލޮޓިލާ ހުއްޓުވުމުން ޙަމާސް އަށާއި ފަލަސްޠީނަށް ތާއީދުކޮށް، އަދި ޚާއްޞަކޮށް ފަލަސްޠީނުގެ ކުށެއް ނެތް މައުސޫމް ކުޑަކުދިންގެ ޙައްޤުގައި އިޓަލީގައި އިއްޔެ މުޒާހަރާތައް ފެށުމުގެ ސަބަބުން ދަތުރުފަތުރާއި ޞިއްޙީ ޚިދުމަތްތަކާއި ސްކޫލްތައް ހުއްޓި “ޕެރެލައިޒް” ވެއްޖެ އެވެ.

އިޓަލީގެ ޓްރޭޑް ޔޫނިއަންތަކުން ބުނީ ރޭލް، ވައިގެ ދަތުރުތައް އަދި މެޓްރޯގެ ޚިދުމަތްތައް ހުއްޓުވައި، މިލާން އާއި އެހެން ބޮޑެތި ސިޓީތަކުގެ ހައިވޭތައް ބަންދުކޮށް، ބައެއް ބަނދަރުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ.

މިއަދުވެސް އިޓަލީގައި މުޒާހަރާތައް ކުރިޔަށްދާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ނުކުމެ އަޑު އުފުލަނީ “ފްރީ ފަލަސްޠީން، އަދި ހަނގުރާމަ ހުއްޓައިލުމަށެވެ.

Advertisement

Advertisement 1

އިޓަލީގައި ކުރިޔަށްދާ މުޒާހަރާތަކުގެތެރެއިން / ފޮޓޯ: އަލްޖަޒީރާ

ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީގެ ސަރުކާރަށް ފާޑުކިޔުންތަކެއް ކުރިމަތިވިއިރު، މުޒާހަރާގެ ބައިވެރިން ބުނަމުން ދިޔައީ ހަމާސް ބާކީކޮށްފިނަމަ ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ވައުދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެއްބައިވަންތަކަމުގެ މުޒާހަރާތައް މުޅި ދުނިޔޭގައި ފެތުރިފައިވާއިރު، އިސްރާއީލުގެ ޕްލޭނާއި އެއްގޮތަށް ހަމާސްގެ އަތުން ޣައްޒާ “ފެލައިލުމުގެ މަސައްކަތް” އިނގިރޭސީވިލާތް އަޑީގައި އޮވެގެން އެނދަނީ ކުރިޔަށެވެ. ބެލެވޭ ގޮތުގައި ޓްރަމްޕުގެ ޞުލްޙައިގެ ޕްލޭނަކީ ސީދާ ނަތަންޔާހޫގެ ކަރުދާހެކެވެ. އެ ޕްލޭނުގައި އިސްރާއީލުން ޣައްޒާގެ ބިން ދޫކޮށްލައި އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ލިބޭނެކަން ކަށަވަރުނުވާއިރު، އެއަށް ތަބާނުވެއްޖެނަމަ ޣައްޒާއަށް ވަރަށް ނުރައްކާތެރި ޙާލަތެއް މެދުވެރިވާނެ ކަމަށް ބުނެ ޓްރަމްޕް ވަނީ މީގެ ކުރިން އިންޒާރު ދީފައެވެ.

އެހެންކަމާއި އެކު ޙަމާސް އިން މިހާރު ވަނީ ޓްރަމްޕްގެ ޕްލޭނުގެ އެއްބަޔަށް ތާއީދުކޮށް، ޣައްޒާގެ ސަރުކާރުގެ ހިންގުން ޓްރަމްޕް ކަނޑައަޅާ ނުވަތަ ބައިނަލްއަޤްވާމީ ބާރުގެ ދަށުން ހިންގާ ޖަމާޢަތަކާއި ޙަވާލުކުރަން ނިންމާފައެވެ.

އިޓަލީޙަމާސްޣައްޒާމުޒާހަރާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިންޑިއާގެ މުޒާހަރާ: މާދަމާއަށް 50 ދުވަސް! އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

އިންޑިއާގެ އެޑިޔުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

18 ގަޑިއިރު ކުރިން - 16:38

ދިއްލީގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި ވަރުގަދަ ކުރިމަތިލުމެއް ހިނގައި، 120 މީހުން ޒަޚަމްވެއްޖެ

އިންޑިއާގައި ކިޔަވާކުދިންނާއި ފުލުހުންގެ މެދުގައި މާރާމާރީ! 120 މީހުން ޒަހަމްވެއްޖެ

3 ދުވަސް ކުރިން - 13:43

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

ޔަހޫދީ ސިފައިން ފަލަސްތީނުގެ 19 މީހުން ޝަހީދުކޮށް، 60 މީހުން ޒަޚަމްކޮށްލައިފި

6 ދުވަސް ކުރިން - 13:36

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

14 ދުވަސް ކުރިން - 11:26

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

21 ދުވަސް ކުރިން - 11:40

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

ޖަބަލިޔާ މިސްކިތް ތަޅާލަން އުޅުނު މީހާގެ ބޮލަށް މުންނާރު ވެއްޓި މަރުވެއްޖެ

29 ދުވަސް ކުރިން - 07:37