Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޙަމާސް އިން ހަތިޔާރުތައް ނައްތާނުލައިފިނަމަ (ޤަތުލުޢާންމަށް) ތާޢީދު ކުރާނެ ކަމަށް ޓްރަމް ބުނެފި

ޙަމާސް އިން ހަތިޔާރުތައް ނައްތާނުލައިފިނަމަ (ޤަތުލުޢާންމަށް) ތާޢީދު ކުރާނެ ކަމަށް ޓްރަމް ބުނެފި

ޢަބްދުﷲ ޖުނައިދު
253 ދުވަސް ކުރިން - 30 ސެޕްޓެންބަރު 2025 11:58
ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫ އާއި ޓްރަމްޕް: ޓްރަމްޕް ބުނީ ޙަމާސްއިން ހަތިޔާރު ނައްތާނުލައިފިނަމަ (ޤަތުލުޢާންމަށް) ތާޢީދުކުރާކަމަށް.
ހައްދުފަހަނަ އަޅާފައިވާ ނަތަންޔާހޫ އާއި ޓްރަމްޕް: ޓްރަމްޕް ބުނީ ޙަމާސްއިން ހަތިޔާރު ނައްތާނުލައިފިނަމަ (ޤަތުލުޢާންމަށް) ތާޢީދުކުރާކަމަށް.
ޚުލާސާ

ޓްރަމްޕު ބުނީ ޙަމާސްގެ ދައުލަތެއް ޤާއިމް ކުރުމަކީ އެއްވެސް ބަޔަކު ރުހޭ ކަމެއް ނޫން ކަމަށާއި، ޙަމާސްއިން އޭނާގެ ހުށަހެޅުންތަކަށް އިންކާރުކުރާނަމަ އިސްރާއީލުގެ ޢުދުވާނަށް އެމެރިކާ ތާޢީދުކުރާނެކަމަށް.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 20 ނުކުތާގެ މައްޗަށް އެކުލެވޭ “ކަރުދާހެއް” އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅިއިރު، އޭނާގެ ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ޙަމާސްގެ ހަތިޔާރުތައް މުޅީން ނައްތާލައި، ފަލަސްޠީނުގެ ބިމުގައި ހަތިޔާރު ގެންގުޅެވޭނީ ހަމައެކަނި އިސްރާއީލަށް ކަމަށް ހެދުމަށެވެ.

ރޭ އެމެރިކާގެ ވައިޓް ހައުސްގައި ޒައެނިސްޓް ޓެރަރިސްޓް ޖަމާޢަތުގެ ވެރިޔާ ކަމަށްވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެކު ބޭއްވި ޖޮއިންޓް ޕްރެސް ބްރީފިންގ އެއްގައި ޓްރަމްޕް ވަނީ ޙަމާސް އިން ހަތިޔާރުތައް ބަހައްޓަން އެއްބަސް ނުވާހާ ހިނދަކު ދާއިމީ ޞުލްޙައެއް ޣައްޒާ އަކަށް ވެސް އަދި މެދުއިރުމައްޗަށް ވެސް ނުލިބޭނެ ކަމަށް ބުނެފައެވެ. ޓްރަމްޕުގެ މި ބަހުން މާނަ ކުރެވެނީ ފަލަސްޠީނުގެ ބިމުގައި އިސްރާއީލާއި ދެކޮޅަށް ޖިހާދު ކުރާނެ މުސްލިމުންގެ ބަޔަކު ޤާއިމްވެގެން ތިބޭހާ ހިނދަކު އިސްރާއީލުން ބޭނުންވާ ގޮތަށް މުސްލިމުންގެ މުޤައްދަސް ބިން “ޚަރާބު” ނުކުރެވޭނެތީވެ، މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން އިސްރާއީލަށް ހަތިޔާރު ދީގެން މެދުއިރުމަތީގެ ކޮންޓްރޯލް އެމެރިކާގެ މުށުތެރެއަށް ގެންނަން މަސައްކަތް ކުރާނެ ކަމެވެ.

މެދުއޮރުމަތީގައި އިސްރާއީލު ބާރުވެރިކޮށް، އިސްރާއީލުގެ ޒައެނިސްޓުންމަށް އަމާންކަން ހޯދައިދިނުމަށް ހުށަހެޅި ޓްރަމްޕުގެ ޕްލޭންގައި ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމާއި، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ ހުރިހާ ރަހީނުން ދޫކޮށްލުމާއި، އިސްރާއީލުގެ ސިފައިން ޣައްޒާއިން މަރުޙަލާތަކަކަށް ބަހާލައިގެން ފޭބުން ކަނޑައަޅާފައެވެ. އަދި އިސްރާއީލުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުން ދޫކޮށްލުމެވެ. އަދި ޣައްޒާގެ ސަރުކާރު އުވާލައި އެމެރިކާ އާއި އިސްރާއީލުން ރުހޭ ބަޔަކު މެދުވެރިކޮށްގެން ހުޅަނގުގެ އެހީތެރިކަމާއި އެކު ޣައްޒާ ބަލަހައްޓާނެ ވަގުތީ ސަރުކާރެއް ޤާއިމް ކުރުމެވެ.

Advertisement

Advertisement 1

ޓްރަމްޕް ބުނީ ފަލަސްޠީނުގައި ޙަމާސްގެ ދައުލަތެއް ޤާއިމްކުރުމަކީ އޭނާ ވެސް އަދި ހުޅަނގުންނާއި ޢަރަބިން ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ސަބަބަކީ މެދުއިރުމައްޗަށް އޭރުން ހަމަޖެހުމެއް ނާންނާނެތީއެވެ. އެހެންކަމުން އޭނާގެ މި ހުށަހެޅުމަށް ތަބާވާ ޙަމާސްގެ މީހުންނަށް މަޢާފު ލިބޭނެ ކަމަށް ޓްރަމްޕް ބުންޏެވެ. ޓްރަމްޕް ބުނީ ޙަމާސް އިން އެ ޝަރުޠުތަކަށް ދެކޮޅު ހަދާނަމަ، އިސްރާއީލުން ހިންގާ ޢަމަލުތަކަށް އެމެރިކާއިން ތާޢީދު ކުރަމުން ގެންދާނެ ކަމަށެވެ. މާނައަކީ ފަލަސްޠީނުގެ ކުޑަކުދިންނާއި އަންހެނުން ދިރިތިއްބައި އަލިފާނަށްލައި ގުނަވަންތައް ބުރިބުރިކޮށް އެ ހިންގަމުން ގެންދާ ޖަރީމާތައް ފޮރުވާނެ ކަމަށެވެ. އަދި އެ ޖަރީމާތައް ހިންގަން ހަތިޔާރާއި ފައިސާ ދީގެން ވެސް ޙަމާސް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ޓްރަމްޕުގެ މި އިންޒާރާއި އެކު، ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ޙަމާސްގެ ލީޑަރުން ވަނީ އެމީހުންގެ މަޝްވަރާ ޓީމުން އެ ހުށަހެޅުން މުރާޖަޢާ ކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ހަތިޔާރު ނައްތާލުމަށް އަދި އެއްބަހެއް ނުވެއެވެ.

ޑޮނަލްޑް ޓްރަމްޕުއެމެރިކާމެދުއިރުމަތިޙަމާސްފަލަސްތީން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

އީރާނުން އެމެރިކާގެ ބޭސްތަކަށް ހަމަލާ ދޭން ފަށައިފި

18 ގަޑިއިރު ކުރިން - 13:13

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ؛ ޝަކީރާވެސް ފެންނާނެ

މިފަހަރުގެ ވޯލްޑް ކަޕުގައި ތިން ގައުމުގައިވެސް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާނެ

20 ގަޑިއިރު ކުރިން - 11:23

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ވޯލްޑް ކަޕްގައި އިންސާފުކުރަން ހަމަޖެހިފައިވާ ސޯމާލިއާގެ ރެފްރީއަކު އެމެރިކާއަށް އެތެރެވުން މަނާކޮށްފި

1 ދުވަސް ކުރިން - 10:24

އެމެރިކާއިން އީރާނަށް ވިސާ ދިނީ މެކްސިކޯގައި ބޭސް ވެގެން ތިބުމަށް މަޖުބޫރުކޮށްފަ

ވިސާ ދިނީ އީރާން ޓީމް މެކްސިކޯގައި ބޭސްވެގެން ތިބުމަށް މަޖުބޫރުކޮށްފަ

3 ދުވަސް ކުރިން - 09:14

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

ހަނގުރާމަ ހުއްޓުމުގެ ދެވަނަ މަރުޙަލާ ފެށުމަށް ޙަމާސް އިން މިޞްރަށް ވަޑައިގެންފި

4 ދުވަސް ކުރިން - 16:01

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

އަލްބޭނިއާގެ ރަށެއް ޓްރަމްޕުގެ އާއިލާ އަށް ދޭތީ މުޒާހަރާ ކުރަނީ

5 ދުވަސް ކުރިން - 10:19