ފްލޮޓިއްލާގެ ބައެއް ބައިވެރިން ދިގުމުއްދަތަކަށް އިސްރާއީލްގެ ޖަލުގައި ތިބެން ޖެހިދާނެ: އިސްރާއީލް

ޢަބްދުﷲ ޖުނައިދު | 63 ދުވަސް ކުރިން - 3 އޮކްޓޯބަރު 2025 14:22
އިސްރާއީލުގެ ޖަލުގައި ފްލޮޓިއްލާގެ އެކްޓިވިސްޓެއް އިއްޔެ ބަންދުކޮށްފައި / ފޮޓޯ: ރޮއިޓާސް
އިސްރާއީލުގެ ޖަލުގައި ފްލޮޓިއްލާގެ އެކްޓިވިސްޓެއް އިއްޔެ ބަންދުކޮށްފައި / ފޮޓޯ: ރޮއިޓާސް
ޚުލާސާ

އަމިއްލަ ޚަރަދުގައި ޑީޕޯޓްވާން ދެކޮޅުހަދާނަމަ ތަޙްޤީޤް ނިމި ކޯޓު މަރުޙަލާ ނިމެންދެން ފްލޮޓިއްލާގެ ބައިވެރިން ދިގުމުއްދަތަކަށް އިސްރާއީލުގެ ޖަލުގައި ތިބެން ޖެހިދާނެ ކަމަށް ޔަހޫދީ ސަރުކާރުން ބުނެފި.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި ގްލޯބަލް ޞުމޫދު ފްލޮޓިއްލާގެ އެތައް ސަތޭކަ އެކްޓިވިސްޓުންނެއް އިސްރާއީލުގެ ބެލުމުގެ ދަށުގައި ތިބިއިރު އެ އެންމެންނަށް ވެސް ބޭނުން ނަމަ އަމިއްލަ ޚަރަދުގައި ޑީޕޯޓް ވުމުގެ ފުރުޞަތު އެބައޮތް ކަމަށާއި، ދެކޮޅުހަދާނަމަ ދިގުމުއްދަތަކަށް އިސްރާއީލުގެ ޖަލުގައި ތިބެން ޖެހުން އެކަށީގެންވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.

ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ފަރާތްތަކެއް އެބަތިއްބެވެ. އޭގެތެރޭގައި ސްވިޑެންގެ މަޝްހޫރު އެކްޓިވިސްޓް، ގްރިއެތަ ތުންބްރީ އާއި ނެލްސަން މަންޑޭލާގެ ކާފަދަރިކަލުން މަންޑްލާ މަންޑޭލާ އާއި ޔޫރަޕިއަން އިއްތިހާދުގެ ކުރީގެ މެންބަރު ރީމާ ޙަސަންގެ އިތުރުން ބްރެޒިލްގެ ތިއާގޯ ވެސް ހިމެނެއެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އެކްޓިވިސްޓުން ތިބީ އަޝްދޮދު ބަނދަރު ކައިރީގައި ހުންނަ ވަގުތީ ޖަލެއްގައި ބަންދުކޮށްފައި ކަމަށާއި އެންމެންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ. އަދި ޔޫރަޕްގެ އެކި ޤައުމުތަކަށް އެ މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްރާއީލުން ބުނީ ބަންދުގައި ތިބި ބައެއް މީހުންނަކީ ޙަމާސް އާއި ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ކަމަށެވެ.

މި މައްސަލައިގައި ބައިނަލްއަޤްވާމީ ޤާނޫނީ ވަކީލުންގެ ޓީމަކުން މިހާރު ދަނީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަޙައްދުގައި މަދަނީ އުޅަނދުތައް ހުއްޓުވުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށް ފާހަގަކޮށް ބަންދުކޮށްފައިވާ އެންމެންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%