މިއީ އުބައިދާ ޝަހީދު ކޮށްލައިފީމޭ ބުނެ ޚަބަރު ފަތުރި 23 ވަނަ ފަހަރު.
410 ދުވަސް ކުރިން - 04:22
ޙަމާސްގެ ތަރުޖަމާނަށް އަމާޒުކޮށް އަލް ރިމާލް ސަރަޙައްދަށް އިސްރާއީލުން ޙަމަލާ ދިން ފަހުން އަބޫ އުބައިދާއެއް ނުފެނޭ. އެތަނުން ފަސްމީހަކު މަރުވި. އަބޫ އުބައިދާ ޝަހީދުވެއްޖެއޭވެސް ބުނޭ.
411 ދުވަސް ކުރިން - 10:46
60000 ސިފައިންނާއި އެކު އިސްރާއީލުން ފެށި ފޭސް1 ގައި ރޭ ޣައްޒާ އަށް ދިން ޙަމަލާ ތަކުގައި މަދުވެގެން 25 މީހުން ޝަހީދުވި.
421 ދުވަސް ކުރިން - 09:07
އިސްރާއީލުގެ ރައްޔިތުން ކިތަންމެ މުޒާހަރާއެއް ކުރިޔަސް ހަނގުރާމަ ނުހުއްޓާނެ ކަމަށާއި، އިސްރާއީލުގެ ސަލާމަތަށްޓަކައި ހަމާސް މުޅިން ނައްތާލާނެ ކަމަށް، ނަތަންޔާހޫ ކުއްލި ކެބިނެޓް ބައްދަލުވުމުގައި ބުނެފި.
424 ދުވަސް ކުރިން - 09:10
ޣައްޒާގެ ދިފާޢުގައި ލަންޑަނުގައި ކުރި މުޒާހަރާ އަކީ ޓެރެރިޒަމްގެ ޢަމަލެއް ކަމަށް ބުނެ ލަންޑަން ސަރުކާރަށް ހަޖަމު ނުކުރެވިގެން 530 މީހުން ހައްޔަރުކޮށްފި.
431 ދުވަސް ކުރިން - 15:23
އިސްރާއީލު ކެބިނެޓުން ފާސްކުރީ “ޓޭކްއޯވަރ” ލަފްޒު ބޭނުންކޮށް ހަމަސްދުވަސްތެރޭ ޙަމާސްގެ މީހުން ތިބޭނެކަމަށް ލަފާކުރެވޭ ހުރިހާ ތަނެއް ގޮއްވާލަން. އެއަށްފަހު ދެން ވަންނާނީ ރެފިއުޖީ ކޭމްޕުތަކަށް.
434 ދުވަސް ކުރިން - 14:34
ޣައްޒާގެ ރަފާޙްގައި ޙަރަކާތްތެރިވާ ޔަހޫދީންގެ އެޖެންޓު ޔާސިރު އަބޫ ޝަބާބުގެ މައި މަރުކަޒަށް ޙަމާސް އިން ވަދެ ގިނަ ޢަދަދެއްގެ އެޖެންޓުން މަރާލައި ހުރިހާ އުޅަނދެއްގައި ރޯކޮށްލައިފި.
445 ދުވަސް ކުރިން - 14:18
ޣައްޒާގެ މެދުތެރެ ހުސްކުރުމަށް އިސްރާއީލުހެ ޑްރޯންތަކުން އިންޒާރުގެ ކަރުދާސް އަޅަން ފަށައިފި. މިއީ އިތުރު ޤަތުލުޢާންމެއް ހިންގަން އުޅޭ ކަމުގެ އިޝާރާތެއް.
452 ދުވަސް ކުރިން - 12:28
ދުވާލަކު 100 އެއްހާ މީހުން ޝަހީދުވާއިރުވެސް އދ.ގެ ހިސާބުތައް އަދިވެސް އުޅެނީ 60 ހާހުން ތިރީގައި. ޖުމްލަ ޢަދަދު 130,000 އަށް އަރައިފި ކަމަށް ހަމާސްއިން ބުނޭ.
453 ދުވަސް ކުރިން - 14:50
ބަނޑަށްޖެހިފައިވާ ޣައްޒާ ރައްޔިތުންގެ ތެރެއިން ފާއިތުވެ 48 ގަޑިއިރުތެރޭ ކާނާ ހޯދަން އެހީ ބަހާ މަރުކަޒުތަކަށް ދިޔަ 130 މީހުންގެ ގަޔަށް އިސްރާއީލުން ބޮންއަޅައި ރޯކޮށް ޝަހީދުކޮށްލައިފި.
454 ދުވަސް ކުރިން - 16:13
ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލުން ޑިމާންޑް ކުރަނީ ޣައްޒާގެ %40 ދިނުމަށް. ހަމާސްގެ އިސްލާމިކް ޖިހާދުން ބުނީ އެގޮތަށް އެއްބަސްނުވާނެ ކަމަށާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށް.
460 ދުވަސް ކުރިން - 17:15
ހަމާސްގެ ބެލުމުގެދަށުގައި ތިބި 10 ރަހީނުން ދޫކޮށްލުމަށް ހުށަހަޅައި، އިސްރާއީލުގެ ޤަގަތުލުޢާންމުތައް ނިމުމަކަށް ގެނައުމަށް ޑިމާންޑްކޮށްފި.
463 ދުވަސް ކުރިން - 14:16