ޙަމާސްގެ ތަރުޖަމާނު ގެއްލިއްޖެ، ޝަހީދުކޮށްލައިފިޔޭވެސް ބުނޭ!

ޢަބްދުﷲ ޖުނައިދު | 3 ދުވަސް ކުރިން - 31 އޯގަސްޓް 2025 10:46
ކުއްލި ޚަބަރު: ޙަމާސްގެ ތަރުޖަމާނު ގެއްލިއްޖެ! ޝަހީދުކޮށްލައިފިޔޭވެސް ބުނޭ!
ކުއްލި ޚަބަރު: ޙަމާސްގެ ތަރުޖަމާނު ގެއްލިއްޖެ! ޝަހީދުކޮށްލައިފިޔޭވެސް ބުނޭ!
ޚުލާސާ

ޙަމާސްގެ ތަރުޖަމާނަށް އަމާޒުކޮށް އަލް ރިމާލް ސަރަޙައްދަށް އިސްރާއީލުން ޙަމަލާ ދިން ފަހުން އަބޫ އުބައިދާއެއް ނުފެނޭ. އެތަނުން ފަސްމީހަކު މަރުވި. އަބޫ އުބައިދާ ޝަހީދުވެއްޖެއޭވެސް ބުނޭ.

ޙަމާސްގެ ތަރުޖަމާނު އަބޫ އުބެއިދާ ޝަހީދުކޮށްލައިފި ކަމަށް އިސްރާއީލުގެ އިންޓެލިޖެންސާއި ޙަވާލާދީ ނުރަސްމީ މަސްދަރަކުން ބުނެފި އެވެ. ޙަމާސްގެ ތަރުޖަމާނު އަބޫ އުބައިދާގެ އަސްލު ނަމަކީ ހުޒައިފާ ސާމިރު ޢަބްދުﷲއެވެ.

ޙަމާސްގެ ތަރުޖަމާނު އަބޫ އުބައިދާ ނުވަތަ ހުޒައިފާ ސާމިރު ޢަބްދުﷲ.

އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ވަނީ އިއްޔެރެއާއި އަދި އިއްޔެ ވެސް ޣައްޒާގެ އެކި ތަންތަނަށް ބޮން އަޅާފައެވެ. މި ޙަމަލާ ތަކުގައި ޙަމާސްގެ ތަރުޖަމާނަށް އަމާޒުކޮށް އަލް ރިމާލް ސަރަޙައްދަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށާއި އެ ޙަމަލާ ތަކުގައި އަބޫ އުބައިދާ ޝަހީދުވެއްޖެ ކަމަށް އިސްރާއީލުގެ މީޑިއާތަކުންވެސް ޝައްކު ކުރެއެވެ.

އިންޓެލިޖެންސް މަސްދަރުތަކާއި ޙަވާލާދީ ނުރަސްމީ ޗެނަލަކުން ބުނީ އަބޫ އުބައިދާ ހުރި ތަނަށް އިސްރާއީލުން ޓާގެޓްކޮށްފައި މިސައިލެއް ފޮނުވި ކަމަށާއި އެތަނުން 5 މީހެއްގެ ހަށިގަނޑު ޙަމާސް އިން ވަނީ ގެންގޮސްފައެވެ. އޭގެތެރޭގައި އަބޫ އުބައިދާގެ ހަށިގަނޑު ހިމެނޭ ކަމަށް ބެލެވޭ ކަމަށެވެ.

ނަމަވެސް އޭނާ ޝަހީދުވިކަމެއް ޙަމާސް އަކުން އަދި ބުނެފައި ނުވާއިރު، އޭނާގެ ހިލަމެއް ނުވެއެވެ.

އަބޫ އުބެއިދާ އަކީ 2007 ވަނަ އަހަރުން ފެށިގެން ހަމާސްގެ އަސްކަރީ ވިންގެއް ކަމަށްވާ އިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނުގެ މަޤަމު އަދާކުރައްވާ، މުޅި ދުނިޔެއަށް އިސްރާއީލުގެ ޖަރީމާތައް ބޭޒާރުކުރުމުގައި ހުންނެވި ފަހުލަވާނެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ޓުކުރި

3 ދުވަސް ކުރިން - 12:57

ހާދަފާޑަކަށޭ މިކަލޭގެ މިހަބަރުތައް މިލިޔަނީ ،، އިބާރާތް ކުރުމުގަވެސް ހަމަ އެންމެ ބާޒާރުމަތީ ބަހުރަވަ! ކެބިނެޓު ފުހެލައިފި އޭނާގެ ހިލަމެއް ނެތް !!