Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޣައްޒާގައި ޝަހީދުކުރަމުންދާ މުސްލިމުންގެ ޢަދަދު ދުނިޔެއަށް އޮޅުވާލަނީ

ޣައްޒާގައި ޝަހީދުކުރަމުންދާ މުސްލިމުންގެ ޢަދަދު ދުނިޔެއަށް އޮޅުވާލަނީ

ޢަބްދުﷲ ޖުނައިދު
370 ދުވަސް ކުރިން - 20 ޖުލައި 2025 14:50
ކުއްލި ޚަބަރު: ޣައްޒާގައި ޝަހީދުކުރަމުންދާ މުސްލިމުންގެ ޢަދަދު ދުނިޔެއަށް އޮޅުވާލަނީ
ކުއްލި ޚަބަރު: ޣައްޒާގައި ޝަހީދުކުރަމުންދާ މުސްލިމުންގެ ޢަދަދު ދުނިޔެއަށް އޮޅުވާލަނީ
ޚުލާސާ

ދުވާލަކު 100 އެއްހާ މީހުން ޝަހީދުވާއިރުވެސް އދ.ގެ ހިސާބުތައް އަދިވެސް އުޅެނީ 60 ހާހުން ތިރީގައި. ޖުމްލަ ޢަދަދު 130,000 އަށް އަރައިފި ކަމަށް ހަމާސްއިން ބުނޭ.

ފަލަސްޠީނުގެ މުޤައްދަސް ބިމުގައި ޒަޔަނިސްޓުން ހިންގާ ޤަތުލުޢާންމުގައި މިހާތަނަށް ޝަހީދުކޮށްލާފައިވާ މުސްލިމުންގެ ޢަދަދުތައް އިސްރާއީލާއި އެމެރިކާއިން ގުޅިގެން އޮޅުވާލަމުންދާ ކަމަށް ޙަމާސް އިން ބުނެފިއެވެ.

ޙަމާސްގެ ޚަބަރުތައް ގެނެސްދޭ ނުރަސްމީ ޗެނަލަކުން މިއަދު ބުނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހުޅަނގުގެ ތާއީދާއި އެކު ޣައްޒާގައި ހިންގަމުންގެންދާ ޤަތުލުޢާންމުގައި ކޮންމެ ދުވަހަކު 100 އެއްހާ މީހުން ޝަހީދުކޮށްލާއިރު ވެސް އަދިވެސް ޔޫއެންގެ ހިސާބުތަކުން ޝަހީދުވީ މީހުންގެ ޢަދަދު 58000 ކަމަށް ދެއްކުމަކީ ޖޯކެއް ކަމަށާއި، އަސްލު ޢަދަދު 130،0000 އަށްވުރެ މަތިވެއްޖެ ކަމަށެވެ.

ޙަމާސް އިން ވަނީ އެކި ދުވަސްތަކުގައި ޝަހީދުކޮށްލި މީހުންގެ ޢަދަދު ވެސް ހާމަކޮށްފައެވެ. އެ ހިސާބުތަކަށް ބަލާއިރު “ނަސްލު ނައްތާލުމުގެ ޖަރީމާ”ގެ ފުރަތަމަ ދުވަހު އެކަނިވެސް އިސްރާއީލުން ވަނީ ޣައްޒާގެ 700 މީހުން ޝަހީދުކޮށްލާފައެވެ. ދެވަނަ ދުވަހު 650 މީހުން ޝަހީދުކޮށްލިއިރު 3 ވަނަ ދުވަހު 600 މީހުން ޝަހީދުކޮށްލި ކަމަށް ހަމާސް އިން ބުންޏެވެ. ނަމަވެސް އދ. އިން ބުނީ 3 ވަނަ ދުވަހު ޝަހީދުވީ 490 މީހުންނެވެ. ހަމާސް އިން ބުނީ މިއީ އޮޅުވާލުމެއް ކަމަށާއި ޣައްޒާގައި ހިންގާ ޖަރީމާތަކުގެ އެންމެ ފުރިހަމަ ޙަޤީޤަތް ދުނިޔެއަށް ނޭނގޭ ކަމަށެވެ.

Advertisement

Advertisement 1

ޙަމާސް އިން ތުހުމަތުކުރާ ގޮތުގައި ޝަހީދުންގެ ޢަދަދުތައް ހާމަކުރާއިރު އދ. އިން އިޢުލާންކުރާ ނަމްބަރު ތަކަކީ އެމެރިކާ އާއި އިސްރާއީލާއި ގުޅުންހުރި ޖަމާޢަތްތަކުން ދޭ ޙަޤީޤަތާއި ޚިލާފު ނަމްބަރުތަކެވެ.

އިސްރާއީލުގެ ޒަޔަނިސްޓް ޓެރަރިސްޓުން ޝަހީދުކޮށްލާފައިވާ ޣައްޒާ މުސްލިމުންގެ ޖަނާޒާއެއްގެ ގެތެރެއިން / ފޮޓޯ: އޭއެފްޕީ

ޙަމާސް އިން ވަނީ ކޮންމެ މަހަކު ޝަހީދުކޮށްލާ މީހުންގެ ޢަދަދު ވެސް ހާމަކޮށްފައެވެ. ޤަތުލުޢާންމު ފެށި މަހުގައި (2023 އޮކްޓޯބަރުގައި) 27000 މީހުން ޝަހީދުކޮށްލި ކަމަށާއި ނަމަވެސް ބައިނަލްއަޤްވާމީ ފަރާތްތަކާއި ޙަވާލާދީ އދ. އިން ޢާންމުކުރި ހިސާބުގައި ވަނީ އެންމެ 18000 މީހުން ކަމަށް ޙަމާސް އިން ބުންޏެވެ.

މީގެއިތުރުން ޙަމާސް އިން ބުނީ އެ އަހަރުގެ ނޮވެމްބަރުގައި 8000 އަށްވުރެ ގިނަ މީހުން ޝަހީދުވިއިރު އދ ގެ ހިސާބުތަކުބައި ވަނީ 1500 އަށްވުރެ ގިނަ މީހުން އުނިކޮށްލާފައި ކަމަށާއި އަދި އެއަހަރުގެ ޑިސެމްބަރުގައި 5،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލިއިރު އދ އިން ބުނީ 4،200 މީހުން ޝަހީދުވި ކަމަށެވެ.

ޙަމާސްއިން ބުނީ ޔަހޫދީ ޒަޔަނިސްޓުންގެ ޙަމަލާތައް އެތައް ގުނައެއް ވަރުގަދަކޮށް، މި އަހަރުގެ ޖެނުއަރީން ފެށިގެން މާރޗް މަހުގެ ނިޔަލަށް އެވްރެޖްކޮށް ދުވާލަކު 200 މީހުން ޝަހީދުކުރި ކަމަށެވެ. އެ މުއްދަތުގައި މުޅިއެކު 20,000 އަށް ވުރެ ގިނަ މީހުން ޣައްޒާގެ އެކި ހިސާބުތަކުން ޝަހީދުކޮށްލާފައިވާ ކަމަށާއި ނަމަވެސް ބައިނަލްއަޤްވާމީ ފަރާތްތަކޭ ބުނާ ފަރާތްތަކުން ޢާންމުކުރި ހިސާބުގައި ވަނީ 15 ހާހެއްހާ މީހުން ޝަހީދުވި ކަމަށް ޙަމާސް އިން ބުންޏެވެ.

ޙަމާސްއާއި ބެހޭ ޚަބަރުތައް ގެނެސްދޭ އެ ޗެނަލުން ބުނީ އެމީހުންގެ ޙައްޤުގައި މަސައްކަތްކުރާ ކަމަށް ބުނެ މުޅި ދުނިޔޭގައި ޢަރަބި ބޮޑެތި މުސްލިމު ޤައުމުތަކުން ދައްކަނީ މާނައެއް ނެތް ބޭކާރު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ޔަމަނުގެ ހޫޘީންނާއި ޔަމަނުގެ ރައްޔިތުން އިސްތިސްނާ ކޮށްފައި ވެއެވެ.

ހަމާސްގެ ވާހަކަތައް ސާފެވެ. ޔޫރަޕުން ވެސް އަދި ދުނިޔޭގެ އެހެން ޢަރަބި ޤައުމުތަކުން ވެސް ބަޔާނެއް ނެރެ ނުވަތަ މީޑިއާގައި ބުނެލާ ބަހަކީ ދުނިޔޭގެ ލަދަށް ބުނެލާ ބަހެއް ކަމަށާއި، އެކަން މުސްލިމު ޢަރަބި ވެރިންނަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ ކަމަށް މުޙައްލިލުން އިއްތިފާޤުވެ އެވެ. އެކަމުގެ މިސާލަކަށް، މި ފަހުން އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ހިނގި ހަނގުރާމަ ހުއްޓުވުމަށް ހުޅަނގުގެ ޤައުމުތަކުން “ލޮލުފިޔަ ނުޖަހައި ކުރި މަސައްކަތް” ފުދެއެވެ.

އެމެރިކާ އާއި ޔޫރަޕްގެ ތާއީދާއި އެކު ޣައްޒާގައި ކުރިޔަށް ގެންދާ ޤަތުލުޢާންމުގައި ޝަހީދުވި މީހުންގެ ޢަދަދުތައް ކުރުކޮށް: ޙަމާސް

2023: 40,000

2024: 30,000

2025: ޖުލައި މަހާއި ހަމަޔަށް 60,200

މި ހިސާބުތަކުން ފެންނަން ހުރީ 7 އޮކްޓޯބަރު 2023 އިން ފެށިގެން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ ޢަދަދުތަކެވެ. ނަމަވެސް އދ. އިން ޢަދަދު ހާމަކުރާއިރު ބޮޑުތަނުން ތަފާތެވެ.

މެދުއިރުމަތިޙަމާސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

16 ގަޑިއިރު ކުރިން - 20:07

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

އީރާނުގެ އިސް ނެގޯޝޮއޭޓަރުން އަވަހާރަކޮށްލަން އިޒުރޭލުން ރޭވި - އެމެރިކާ

22 ދުވަސް ކުރިން - 11:15

ތިންފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

އެއްބަސްވުމަށް އަމަލު ނުކުރާނަން: ‎ހިޒްބުالله

27 ދުވަސް ކުރިން - 07:05

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

މިއަދުވެސް ޣައްޒާ އާއި ލުބުނާނުގައި ގިނަބަޔަކު ޒަޚަމްވެ ޝަހީދުވެއްޖެ

31 ދުވަސް ކުރިން - 22:23