Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ކަނޑުއޮޅި އެއްކޮށް ހުޅުވޭނީ އެމެރިކާއިން އަހަރެމެން ބުނާގޮތް ހެދީމަ: އީރާން

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 29 އޮކްޓޫބަރު 2026 09:11
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ / ފޮޓޯ: އޭއޭ
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ / ފޮޓޯ: އޭއޭ
ޚުލާސާ

އީރާނުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ 24 ބިލިއަން ޑޮލަރުގެ ފައިސާ ދޫކުރުމުގެ އިތުރުން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުން.

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށާއި އިގްތިސާދީ ގޮތުން މުހިންމު ސްޓްރެއިޓް އޮފް ހުރްމޫޒް (ހުރުމުޒް ކަނޑުއޮޅި) އަލުން ހުޅުވުމަށް އީރާނުން ހުށަހަޅާފައިވާ ހަތް ދުވަހުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގަތަރު ފަދަ މެދުވެރި ގައުމުތަކާއެކު މެދުކެނޑުމެއްނެތި މަޝްވަރާ ކުރަމުންދާ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އީރާނުން ހުށަހަޅާފައިވާ މި ހުށަހެޅުމުގައި ބުނެފައި ވަނީ، އެމެރިކާއިން އީރާނުގެ ބައެއް ޝަރުތުތައް ގަބޫލުކޮށް ފުރަތަމަ 4 ނުވަތަ 5 ދުވަހުގެ ތެރޭގައި އެ ކަންކަން ފުރިހަމަކޮށްފިނަމަ، 6 ވަނަ ދުވަހު ކަނޑުއޮޅި އަލުން ހުޅުވާލައި، 7 ވަނަ ދުވަހު ރަސްމީ ސުލްހައިގެ ވާހަކަތައް ފެށިދާނެ ކަމަށެވެ. އީރާނުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި އެމެރިކާއިން އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ހިފަހައްޓާފައިވާ 24 ބިލިއަން ޑޮލަރުގެ ފައިސާ ދޫކުރުމުގެ އިތުރުން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުން ހިމެނެއެވެ.

ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ މި ހަތް ދުވަހުގެ ޕްލޭނަށް މިދިޔަ މަހު ދެކޮޅު ހައްދަވާފައެވެ. އެމެރިކާއިން ބޭނުންވަނީ އެއްވެސް ލުޔެއް ދިނުމުގެ ކުރިން، މަޝްވަރާތަކުގެ ކުރީކޮޅުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ގޮތްތަކެއް ނިންމުމަށެވެ. މީގެއިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އީރާނުގެ ސަލާމަތީ މަޖިލީހުގެ އިސްވެރިޔާ މުހްސިން ރިޒާއީއާ ސުލްހައިގެ ވާހަކަތަކެއް ދެއްކެވި ކަމަށް މީޑިއާތަކުން ފެތުރި ހަބަރުތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެއީ ސުލްހައިގެ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެކެވުނު ވާހަކަތަކެކެވެ.

Advertisement

Advertisement 1

މި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތަށް ވަނީ ބޮޑު ނުރައްކަލެއް ކުރިމަތިވެ، ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށްވެސް އޭގެ އަސަރު ކުރަން ފަށާފައެވެ. ގަތަރާއި ޕާކިސްތާނު ފަދަ މެދުވެރި ގައުމުތަކުން އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ކުރިން ސިޔާސީ ހައްލެއް ހޯދުމަށް ބާރުއަޅަމުންދާއިރު، ދެ ފަރާތުންވެސް ދަނީ އަސްކަރީ ގޮތުން ކުރިމަތިލުމަކަށް ތައްޔާރުވަމުންނެވެ. އެމެރިކާއިން އީރާނަށް އަމާޒުކޮށް ކުރު އަދި ވަރުގަދަ އަސްކަރީ ކެމްޕޭނެއް ފަށާފާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އީރާނުން ބުނެފައި ވަނީ ހަމަލާއެއް އަތުވެއްޖެ ނަމަ އެމެރިކާގެ ޑޭޓާ ސެންޓަރުތަކާއި އިންފްރާސްޓްރަކްޗާއަށް ނުރައްކާތެރި ރައްދު ހަމަލާތަކެއް ދޭނެ ކަމަށެވެ.

އީރާންމެދުއިރުމަތިދުނިޔެއީރާން - އެމެރިކާއީރާން ކްރައިސިސް 2026
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމެރިކާއިން ކިއުބާއަށް އަޅާފައިވާ ޙިޞާރު އުވާލަން އދ.އިން ފާސްކޮށްފި

އެމެރިކާއިން ކިއުބާއަށް އަޅާފައިވާ ޙިޞާރު އުވާލަން އދ.އިން ފާސްކޮށްފި

31 މިނެޓު ކުރިން - 09:55

އީރާނާއި މެދު ގޮތެއް ނިންމާނީ ވޯޓަށް ފަހު: ޓްރަމްޕް

އީރާނާއި މެދު ގޮތެއް ނިންމާނީ ވޯޓަށް ފަހު: ޓްރަމްޕް

21 ގަޑިއިރު ކުރިން - 13:23

ސައުދީ އާއި ގުޅިގެން އީރާނުން ސަރަހައްދީ ނުރައްކާތަކާ ދެކޮޅަށް ތެދުވަނީ

ސައުދީ އާއި ގުޅިގެން އީރާނުން ސަރަހައްދީ ނުރައްކާތަކާ ދެކޮޅަށް ތެދުވަނީ

21 ގަޑިއިރު ކުރިން - 12:41

މެދުއިރުމަތީ އިސްލާމީ ބާރުތަކުން އީރާނާއި ގުޅުން ބަދަހިކޮށް ކުރިޔަށް ދާނެކަމަށް ބުނެފި

މެދުއިރުމަތީ އިސްލާމީ ބާރުތަކުން އީރާނާއި ގުޅުން ބަދަހިކޮށް ކުރިޔަށް ދާނެކަމަށް ބުނެފި

2 ދުވަސް ކުރިން - 05:00

މިލިޝިޔާތައް ލައްވައި ހުޅަނގުން ހިންގާ ބައިނަލްއަޤްވާމީ ޖަރީމާ!

މިލިޝިޔާތައް ލައްވައި ހުޅަނގުން ހިންގާ ބައިނަލްއަޤްވާމީ ޖަރީމާ!

2 ދުވަސް ކުރިން - 11:54

މަޝްވަރާއަށް ސަޢުދީ، ޕާކިސްތާން އަދި ތުރުކީގެ ދިފާއީ ވަފުދު ތެހެރާނަށް

މަޝްވަރާއަށް ސަޢުދީ، ޕާކިސްތާން އަދި ތުރުކީގެ ދިފާއީ ވަފުދު ތެހެރާނަށް

2 ދުވަސް ކުރިން - 11:04