ޔަމަނުގެ ޙޫޘީންނާއި، ޢިރާޤާއި ސީރިޔާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި މިލިޝިޔާ ތަކަކީ ސީދާ ދެއްކުމަކަށް އުފައްދާފައިވާ ބައެކެވެ. މި ޖަމާޢަތްތަކުގެ ފަހަތުގައި ސިއްރިއްޔާތުގައި ތިބީ އެމެރިކާ އާއި، ހުޅަނގުގެ ބާރުތަކުގެ އިތުރުން ޒަޔަނިސްޓް (ޔަހޫދީ) ދައުލަތެވެ. މި ފަރާތްތަކުން ދައްކާ އެންމެ ބޮޑު ހެކިތަކުގެ ތެރޭގައި، 1982 ވަނަ އަހަރު އިސްރާއީލުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލެއް ކަމަށްވާ އޮޑެޑް ޔިނޯން ލިޔެފައިވާ "ޔިނޯން ޕްލޭން" ހިމެނެއެވެ. މި ޕްލޭންގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުގައި އިސްރާއީލަށް ރައްކާތެރިކަން ކަށަވަރުކުރެވެން އޮތީ މުޅި ޢަރަބި ދުނިޔެ ކުދިކުދި ދައުލަތްތަކަކަށް ބައިބައިކޮށް، ދާޚިލީ ގޮތުން ހަލާކުކޮށްލައިގެންނެވެ. މިއަދު ސީރިޔާ، ޢިރާޤު، ލީބިޔާ އަދި ޔަމަނަށް ވެފައިވާ ގޮތަކީ މިބުނި ޒަޔެނިސްޓް ދައުލަތަށް ފަސޭހަކޮށްދިނުމަށް ރޭވިރޭވުމުގެ ސީދާ ނަތީޖާއެވެ.
މީގެ އިތުރުން، އަނެއް ހެއްކަކީ "ބައިބައިކޮށްގެން ވެރިކަންކުރުމުގެ" ސިޔާސަތުގެ ދަށުން، ގަލްފުގެ ޢަރަބި ޤައުމުތަކުގައި މަސްނޫޢީ ބިރުވެރިކަމެއް އުފެއްދުމެވެ. ޙޫޘީންނާއި އީރާނުގެ ބާރުތަކުން "އެމެރިކާ އަދި އިސްރާއީލު ސުންނާފަތިކުރުމުގެ" ޝިއާރުތައް ފާޅުގައި އުފުލި ނަމަވެސް، ޢަމަލީ ގޮތުން އެމީހުންގެ ޙަމަލާތަކާއި ބޯޑަރު ހަނގުރާމަތައް އަބަދުވެސް އަމާޒު ވަނީ ސައޫދީ އަރަބިއްޔާއާއި ގަލްފުގެ މުއްސަނދި އިސްލާމީ ޤައުމުތަކަށެވެ. ނިކަން ބަލައި ވިސްނާށެވެ. މިފަހުން ހިނގި ހަނގުރާމައިގައި ވެސް އީރާނަކުން އިޒުރޭލަށް ޙަމަލާއެއް ނުދެއެވެ. ޙަމަލާތައް ދިނީ އެމެރިކާގެ ބޭސް ހުންނަ ޢަރަބި ޤަލްފުގެ ޤައުމުތަކަށެވެ. ނަމަވެސް އިޒުރޭލަކަށް އެއްވެސް ޙަމަލާ އެއް ނުދެއެވެ. އިޒުރޭލު ދުއްވާލާނަމޭ ކިޔައި މުޅިން އެރުވީ ފޮނެވެ. ހެދީ ހެޑްލައިނެވެ.
މެދުއިރުމަތީގައި އީރާނާއި ޙޫޘީން އަދި އެމީހުންނާއި ގުޅިފައިވާ ހުޅަނގާއި ޒަޔަނިސްޓުން އަޑީގައި ތިބެގެން ހިންގާ މިލިޝިއާތަކުގެ ސަބަބުން ގަލްފުގެ ޤައުމުތަކުން އަބަދުވެސް އެމެރިކާގެ އަސްކަރީ އެހީތެރިކަމަށާއި ބިލިއަނުން ހަތިޔާރު ގަތުމަށް މަޖުބޫރުވެއެވެ. މިއީ ހުޅަނގުގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން ފައިސާ ހޯދަން ކުރާ ކަމެކެވެ. ހަނގުރާމައިގެތެރެއިން ލިބޭ ފައިދާއަށާއި، ގަލްފުގެ ތެލުގެ ކޮންޓްރޯލް ދަމަހައްޓަން އެމެރިކާއިން ދުރާލައި ރާވައިގެން ހިންގާ އިޤްތިޞާދީ ގޭމެއްގެ ބައެކެވެ.
ފަހުގެ ތާރީޚީ ހެކިތަކަށް ބަލާއިރު، 2003 ވަނަ އަހަރު އެމެރިކާއިން ޢިރާޤަށް އަރައި ސައްދާމް ޙުސައިންގެ ވެރިކަން ވައްޓާލުމަކީ ސަރަޙައްދުގައި އީރާނުގެ "ޝީޢީ ބާރުވެރިކަން" ފުޅާވުމަށް ހުޅަނގުން ފަހިކޮށްދިން ރަން ދޮރެކެވެ. އެމެރިކާއިން ޢިރާޤު ހަލާކުކޮށްނުލި ނަމަ، މިއަދު އީރާނަށް ޞަންޢާއާއި، ބެއިރޫތާއި، ދިިމިޝްޤާއި ބަޣުދާދުގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތެއް ނުލިބުނީހެވެ.
ވުމާއެކު، އިސްލާމީ އުންމަތުގެ މެދުގައި މަޛްހަބީ ހަނގުރާމަތައް އުފައްދައި، ޢަރަބިއްޔާގެ މައިބަދަ ކަމަށްވާ ސައޫދީ އަރަބިއްޔާ އިނދަޖައްސާލުމަކީ، މުޅި މެދުއިރުމަތީގައި ޔަހޫދީންގެ ބާރުވެރިކަން ފުޅާކޮށް "ގްރޭޓަރ އިސްރާއީލް" އެއް ބިނާކުރުމަށް ޓަކައި އެމެރިކާ އާއި ޔަހޫދީން އަޑީގައި ތިބެގެން ވަރަށް ރޭވުންތެރިކަމާއި އެކު ހިންގާ ބައިނަލްއަޤްވާމީ ބޮޑު ސިއްރު ރޭވުމެކެވެ.



