ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށާއި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަޢުދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީގެ ދިފާއީ އޮފިޝަލުންގެ މަތީ ފެންވަރުގެ ވަފުދެއް މިއަދު އީރާނުގެ ވެރިރަށް ތެހެރާނަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ޒިޔާރަތަކީ މެދުއިރުމަތީގެ ސިޔާސީ މާހައުލަށް މުހިންމު ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައި ކުރިއަށްދާ ޒިޔާރަތެކެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ވަފުދުތަކުން އީރާނުގެ ދިފާއީ އިސްވެރިންނާ ބައްދަލުކޮށް، ދެގައުމު ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ސަރަޙައްދީ ހަމަޖެހުން ގާއިމްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ޚާއްސަކޮށް މި ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމަތަކާއި ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ވަފުދުތަކުން ރޭވިފައިވާ ކަމަށްވެއެވެ.