އިސްރާއީލުގެ އަސްކަރީ ޑްރޯންތަކުން ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާޙް ހުސްކުރަން ބުނެ އިންޒާރު ދިނުމުގެ ގޮތުން ކަރުދާސްތައް އަޅަން ފަށައިފި އެވެ.
ޒަޔަނިސްޓު އަސްކަރިއްޔާގެ ޙަމަލާ ފުޅާވަމުންދާއިރު، މިހާރު އަޅަމުންދާ ލީފްލެޓްތަކުގައި ވަނީ ހުރިހާ އެންމެންވެސް އެ މީހުންގެ ގެދޮރު ދޫކޮށް އަދި އެ ސަރަޙައްދު ވެސް ދޫކޮށް ހުރިހާ އެންމެން ދިޔުމަށެވެ. މިއީ މީގެ ކުރިން އިސްރާއީލުން ރައްކާތެރިވާނެ ކަމަށް ބުނި ސަރަޙެއްދެކެވެ.
މިއީ، ގެދޮރު ގެއްލިފައިވާ ޣައްޒާގެ ގިނަ ޢަދަދެއްގެ ރައްޔިތުން ހިޔާވަހިކަން ހޯދަމުންދާ މި ސަރަޙައްދުގައި ވަރުގަދަ ޤަތުލުޢާންމެއް ހިންގަފާނެ ކަމުގެ އިޝާރާތެއް ކަމަށް މުޙައްލިލުން ދެކެ އެވެ. ސަބަބަކީ، ގެދޮރު ދޫކޮށްލުމަށް އިންކާރުކުރާ މީހުންނާއި ދޭތެރޭ މީގެ ކުރިން ވެސް ޔަހޫދީ ޒަޔަނިސްޓުން ޢަމަލުކޮށްފައިވާ ގޮތުންނެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ވަނީ ފަލަސްތީނުގެ 58،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ކަމަށް ބައިނަލްއަޤްވާމީ މަސްދަރުތަކުން ބުނެ އެވެ. ނަމަވެސް އެ ޢަދަދުތަކަކީ ޝަހީދުވާ މީހުންގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށް ވުރެ މަދު ޢަދަދުތައް ކަމަށް ހަނގުރާމަ މޮނިޓަރކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ. ޙަމާސް އިން ބުނާ ގޮތުގައި މިހާރުވެސް 1 ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ޣައްޒާއިން އެކަނި ޝަހީދުކޮށްލާފަ އެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަނޫދީންގެ ފައުޖުން ވަނީ ފަލަސްތީނުގެ 88 މީހުން ޝަހީދުކޮށްލާފަ އެވެ.