ފަލަސްތީނު މުސްލިމުންނަށް ތާއީދުކޮށް ހޮނިހިރު ދުވަހު ލަންޑަންގައި ކުރި މުޒާހަރާ އާއި ގުޅިގެން ލަންޑަނު ސަރުކާރަށް ހަޖަމު ނުކުރެވިގެން 530 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.
އެ ޤައުމުގެ ފުލުހުންނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އުމުރުން 70 އަހަރުން މަތީގެ 112 މީހުންނާއި، 17-19 އަހަރާއި ދެމެދުގެ 6 މީހުން ވެސް ހިމެނެއެވެ.
ލަންޑަނުގެ ސަރުކާރުން ބުނީ މުޒާހަރާ ކުރި މީހުން ހައްޔަރުކޮށްފައި ވަނީ ޙަމާސް އަކީ ޓެރަރިސްޓު ޖަމާޢަތަކަށް ވެފައި، 2000 ވަނަ އަހަރުގެ ޓެރަރިޒަމްގެ ގާނޫނުގެ 13 ވަނަ މާއްދާ އާއި މުޒާހަރާ ކުރި މީހުން ޚިލާފުވެފައިވާތީއެވެ. އެ މާއްދާ އަކީ ޓެރަރިސްޓު ޖަމާޢަތަކަށް ތާޢީދު ކުރުމާއި ދިދަ ފަދަ ނިޝާން ގެންގުޅުމެވެ.
ޚަބަރުތައް ބުނާ ގޮތުގައި ފައިސާ ދެއްކުމުން ހައްޔަރުކުރި މީހުން ކަފާލާތުގެ ދަށުން ދޫކޮށްލާނެއެވެ.