ނަތަންޔާހޫގެ ކުއްލި ކެބިނެޓް ބައްދަލުވުން: ހަމާސް ފޮހެނުލައި ހަނގުރާމަ ނުހުއްޓާނަން!

ޢަބްދުﷲ ޖުނައިދު | 2 ދުވަސް ކުރިން - 18 އޯގަސްޓް 2025 09:10
ނަތަންޔާހޫގެ ކުއްލި ކެބިނެޓް ބައްދަލުވުން: ހަމާސް ފޮހެނުލައި ހަނގުރާމަ ނުހުއްޓާނަން!
ނަތަންޔާހޫގެ ކުއްލި ކެބިނެޓް ބައްދަލުވުން: ހަމާސް ފޮހެނުލައި ހަނގުރާމަ ނުހުއްޓާނަން!
ޚުލާސާ

އިސްރާއީލުގެ ރައްޔިތުން ކިތަންމެ މުޒާހަރާއެއް ކުރިޔަސް ހަނގުރާމަ ނުހުއްޓާނެ ކަމަށާއި، އިސްރާއީލުގެ ސަލާމަތަށްޓަކައި ހަމާސް މުޅިން ނައްތާލާނެ ކަމަށް، ނަތަންޔާހޫ ކުއްލި ކެބިނެޓް ބައްދަލުވުމުގައި ބުނެފި.

ކިތަންމެ މުޒާހަރާއެއް ކުރި ކަމުގައި ވިޔަސް، މިހާރު ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓަލާނީ ޙަމާސް މުޅިން ބަލިކޮށް ޣައްޒާގެ ބިމުން ހަމާސްގެ ބާރު މުޅިން ކަނޑުވާލައި އަދި މުޅި ފަލަސްޠީނު ބިމުން ވެސް ޙަމާސްގެ ބާރުތައް ނެތިކޮށްލާފައި ކަމަށާއި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޓެރަރިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

މިއަދު ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމުގައި މުޖުރިމު ނަތަންޔާހޫ ބުނީ އޭނާ އާއި ދެކޮޅަށް އިސްރާއީލުގައި މިހާރު ކުރިޔަށްދާ މުޒާހަރާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރައްޔިތުންނަށް ގޮވާލާ ކަމަށެވެ. އަދި ހަމާސް ބަލިނުކޮށް ހަނގުރާމަ ހުއްޓާލުމަކީ ކުރިޔަށް އޮތްތަނުގައި އިސްރާއީލުގެ ސަލާމަތަށް ބުރޫއަރާނެ ކަމެއް ކަމަށާއި، ހަނގުރާމަ ހުއްޓާލުމާއި ރަހީނުންނާއި ބެހޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިސްރާއީލު ރައްޔިތުން އެދުނު ކަމުގައި ވިޔަސް، އެ ގޮތަށް އެކަން ކުރާކަށް ތިމަންނާ ބޭނުން ނުވާ ކަމަށް ޒައެނިސްޓް ނަތަންޔާހޫ ބުންޏެވެ.

ހަމާސް ނައްތާލުމަށްޓަކައި ނަތަންޔާހޫ ފެށި ހަނގުރާމައިގައި އޭނާއަށް ކާމިޔާބެއް ނުލިބޭކަން ޚުދު އޭނާ ވެސް ގަބޫލުކުރެއެވެ. އޮށްގަލާއި ދަނޑިބުރި ފަދަ ތަކެތި ހިފައިގެން އޭނާގެ ހަތިޔާރު އެޅި ސިފައިންނާއި ޣައްޒާގެ ކުޑަކުދިން ދަނީ ބިރެއް ނެތި ކުރިމަތިލަމުންނެވެ. މި ސަބަބާއި ހުރެ ނަތަންޔާހޫ މިހާރު ބޭނުންކުރާ ހަތިޔާރަކީ ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައިލުމެވެ.

ޣައްޒާ ސުންނާފަތިކޮށްގެން ވެސް އޭނާ އަކަށް ޙަމާސްގެ ބެލުމުގެ ދަށުގައި ތިބިރަހީނުންނެއް މިނިވަނެއް ނުކުރެވުނެވެ. މި ސަބަބާއި ހުރެ އިސްރާއީލުގެ 70 ޕަސެންޓް މީހުން ނަތަންޔާހޫގެ ސަރުކާރަށް އިތުބާރު ނުކުރެއެވެ. އެހެންކަމުން ސިޔާސީ ގޮތުން އޭނާ އަށް ލިބެން އޮތް ހަމައެކަނި ކާމިޔާބީ އަކީ ޙަމާސް ބަލިކުރުން ކަމަށް އޭނާ ޤަބޫލުކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%