ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމަށް ހައްދުފަހަނަ އެޅި މުޖުރިމު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ރާވާފައިވާ ޕްލޭނަށް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށް ނަތަންޔާހޫގެ އޮފީހުން ދާދި ދެންމެއަކު ބުނެފިއެވެ.
ޚަބަރު ލިބުނު ގޮތުގައި އިސްރާއީލުގެ ސިފައިންނަށް މީގެ ކުރިންވެސް ނަތަންޔާހޫ އޯޑަރު ދީފައިވާ ގޮތަށް، ޣައްޒާ އަށް ވެރިވެގަތުމުގެ ޕްލޭނަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ސިޓި އަކީ އިސްރާއީލުގެ ތަނަކަށް ހެދުމަށް ޙަމާސް ބަލިކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް އައިޑީއެފުން ކުރާނެއެވެ.
އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވަނީ މުހިންމު ފަސް އުޞޫލެއް ވެސް ފާސްކޮށްފަ އެވެ. އޭގެތެރޭގައި ކޮމްބަޓް ޒޯންތަކުން ބޭރުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ޣައްޒާ ސިޓީގެ ކޮންޓްރޯލް ހޯދުމަށް އައިޑީއެފް އިން ހަނގުރާމަ އިހުނަށް ވުރެ ވަރުގަދަ ކުރުމާއި، "އޮކިއުޕޭޝަން" މި ލަފުޒު ބޭނުންކުރުމުގެ ބަދަލުގައި، "ޓޭކްއޯވަރ" މި ލަފްޒު ބޭނުންކުރުމާއި، ޙަމާސްގެ މީހުން ތިބޭނެ ކަމަށް ބެލެވޭ ބޮޑެތި ޢިމާރާތްތަކާއި ތަންތަން ގޮއްވާލުމާއި އެއަށްފަހު ރެފިއުޖީ ކޭމްޕުތަކަށް ރެއިޑްކޮށް މުސްލިމުން ޤަތުލުކުރުމަށް ރާވާފައި ވެއެވެ.
އިސްރާއީލުން ނިންމާފައި ވަނީ މުޅި އޮޕަރޭޝަން މަދުވެގެން ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށެވެ.