ޔަހޫދީންގެ މަރުކަޒަކަށް ޙަމާސްއިން ވަދެ ގިނަ ބަޔަކު މަރާލައި ހުރިހާ އުޅަނދެއްގައި ރޯކޮށްލައިފި

ޢަބްދުﷲ ޖުނައިދު | 7 ގަޑިއިރު ކުރިން - 28 ޖުލައި 2025 14:18
ކުއްލި ޚަބަރު: ޔަހޫދީންގެ އެޖެންޓްގު މަރުކަޒަށް ޙަމާސްއިން ވަދެ ގިނަ ބަޔަކު މަރާލައި ހުރިހާ އުޅަނދެއްގައި ރޯކޮށްލައިފި
ކުއްލި ޚަބަރު: ޔަހޫދީންގެ އެޖެންޓްގު މަރުކަޒަށް ޙަމާސްއިން ވަދެ ގިނަ ބަޔަކު މަރާލައި ހުރިހާ އުޅަނދެއްގައި ރޯކޮށްލައިފި
ޚުލާސާ

ޣައްޒާގެ ރަފާޙްގައި ޙަރަކާތްތެރިވާ ޔަހޫދީންގެ އެޖެންޓު ޔާސިރު އަބޫ ޝަބާބުގެ މައި މަރުކަޒަށް ޙަމާސް އިން ވަދެ ގިނަ ޢަދަދެއްގެ އެޖެންޓުން މަރާލައި ހުރިހާ އުޅަނދެއްގައި ރޯކޮށްލައިފި.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާޙުގައި ޙަރަކާތްތެރިވާ އިޒްރޭލުގެ ޓެރަރިސްޓް އެޖެންޓް ޔާސިރު އަބޫ ޝަބާބު ބޭނުން ކުރަމުން ދިޔަ މައި މަރުކަޒަށް ޙަމާސް އާއި ފަލަސްޠީނުގެ މުޖާހިދުން ވަދެގަނެފިއެވެ، މި ވަގުތު ވެސް މުޖާހިދުން ތިބީ އިޒްރޭލަށް ޖާސޫސް ކޮށްދޭ އެޖެންޓުންތައް ޢިމާރާތުގެ ތެރޭގައި އެލުވާލާފައި ކަމަށް ޚަބަރު ލިބެއެވެ.

ޣައްޒާގެ ރަފާޙްގައި ޔަހޫދީންނަށް ޖާސޫސް ކޮށްދޭ ނުރައްކާތެރި ފޯސްގެ ކޮމާންޑަރު ޔާސިރު އަބޫ ޝަބާބް / ފޮޓޯ: އެކްސް

ދެންމެ ޚަބަރު ލިބުނު ގޮތުގައި ޣައްޒާ މުޖާހިދުން ވަނީ އިސްރާއީލާއި ގުޅުން ހުރި ގިނަ ޢަދަދެއްގެ އެޖެންޓުން މަރާލައި ޔާސިރު އަބޫ ޝަބާބުގެ ހުރިހާ އުޅަނދެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލައި ރޯކޮށްލާފައެވެ.

ޔާސިރު އަބޫ ޝަބާބަކީ ޙަމާސްގެ ތަންތަނަށް ފާރަލައި ޙަމާސްގެ މުޖާހިދުން ދިރިއުޅޭ ތަންތަނުގެ މަޢުލޫމާތުތައް ޔަހޫދީ ޒަޔަނިސްޓުންނަށް ފޯރުކޮށްދޭ އިޒްރޭލުގެ އެެޖެންޓެވެ. އޭނާއާއި އެކު ގިނަ ޢަދަދެއްގެ ޖާސޫސީ އެޖެންޓުން ރަފާޙްގައި ޙަރަކާތްތެރިވެ އެވެ. މީގެ އިތުރުން އޭނާއަކީ މިހާރު ހިނގަމުންދާ ނަސްލު ނައްތައިލުމުގެ ހަނގުރާމައިގައި އިޒްރޭލަށް އެންމެ މަދަދު ދެމުންދާ “ލީޑަރު” ވެސް މެއެވެ.

އޭނާ އަކީ މީގެ ކުރިން ހަމާސްގެ ޖަލުގައި ވެސް އޮތް މީހެކެވެ. ނަމަވެސް، މިނިވަން ވުމަށް ފަހު އިސްރާއީލުން ދަނީ އޭނާގެ ފޯސް އަށް ހަތިޔާރު ވެސް ފޯރުކޮށްދެމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%