ޣައްޒާގައި ދެން އޮތީ “ނަރަކައިގެ ދޮރުތައް ހުޅުވާލުން” ކަމަށް ޒައެނިސްޓުން ބުނެފި

ޢަބްދުﷲ ޖުނައިދު | 2 ގަޑިއިރު ކުރިން - 5 ސެޕްޓެންބަރު 2025 22:14
ކުއްލި ޚަބަރު: ޣައްޒާ އަށް ދެން އޮތީ ނަރަކައިގެ ދޮރުތައް ހުޅުވާލުން: އިސްރާއީލް
ކުއްލި ޚަބަރު: ޣައްޒާ އަށް ދެން އޮތީ ނަރަކައިގެ ދޮރުތައް ހުޅުވާލުން: އިސްރާއީލް
ޚުލާސާ

އިސްރާއީލުން ބުނަނީ ޙަމާސްގެ ވަސް ފޮހެލާނެ ކަމަށް.

އިސްރާއީލުގެ ވައިގެ ޙަމަލާތައް މުޅި ޣައްޒާ ސިޓީގައި ވަރުގަދަކޮށްލައި ޣައްޒާ މުސްލިމުންނަށް "ނަރަކައިގެ ދޮރުތައް" ހުޅުވާލަނީ ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުނީ ޣައްޒާ ސިޓީގެ އުސް ޓަވަރުތަކާއި މަލްޓިސްޓޯރީ އިމާރާތްތަކަށް ޙަމަލާދީ ނަރަކައިގެ ދޮރުތައް ހުޅުވާލައި ކޮންޓްރޯލް އަތުލާނެ ކަމަށެވެ.

މިއަދުގެ މިހާތަނަށް ފަސްދޮޅަހަކަށް މީހުން ޝަހީދު ކޮށްލާފައި ވާއިރު އިސްރާއީލުން ބުނަނީ ޙަމާސްގެ ވަސް ވެސް އެ ބިމުން ފޮހެލާނެ ކަމަށެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި މިއަދު 64 މީހުން ޝަހީދުކޮށްލައި، 450 އެއްހާ މީހުން ވަނީ ޒަޚަމް ކޮށްލާފައެވެ.

އިސްރާއީލުން މި ވަގުތު ވެސް ދަނީ ޣައްޒާ ސިޓީ އާއި ޚާން ޔޫނިސް، އަދި އުތުރު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޢިމާރާތްތަކާއި، އުސް ޓަވަރުތަކާއި، ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ޓެންޓު ތަކަށް ވެސް ޙަމަލާ ދެމުންނެވެ.

މިއަދު އިސްރާއީލުން ވަނީ ޣައްޒާގެ މުޝްތާހާ ޓަވަރަށް ބޮން އަޅައި އެތަން ވެސް ބިމާއި ހަމަކޮށްލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%