ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުގައި މަޝްވަރާކުރަމުން ދަނިކޮށް ޙަމާސްގެ ވަފުދަށް ޙަމަލާ ދީފި

ޢަބްދުﷲ ޖުނައިދު | 7 ގަޑިއިރު ކުރިން - 9 ސެޕްޓެންބަރު 2025 18:54
ކުއްލި ޚަބަރު: ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުގައި މަޝްވަރާކުރަމުން ދަނިކޮށް ޙަމާސްގެ ވަފުދަށް ޙަމަލާ ދީފި
ކުއްލި ޚަބަރު: ހަނގުރާމަ ހުއްޓާލުމަށް ޤަޠަރުގައި މަޝްވަރާކުރަމުން ދަނިކޮށް ޙަމާސްގެ ވަފުދަށް ޙަމަލާ ދީފި
ޚުލާސާ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ކަންކަމާއި މެދު ޙަމާސްއިން ޤަޠަރުގެ ދޯހާގައި މަޝްވަރާތައް ކުރަނިކޮށް އިޒްރޭލުން ޙަމަލާދީފި. މީހަކު ޝަހީދުވި ކަމެއް އަދި ޔަޤީނެއް ނުވޭ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ އެންމެ ފަހުގެ ހުށަހެޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޤަޠަރުގެ ވެރިރަށް ދޯހާގައި ފަލަސްޠީނުގެ މުޖާހިދުންގެ މަޝްވަރާ ކުރާ ވަފުދު ތިއްބާ، އެ މީހުން ޝަހީދު ކޮށްލުމަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޤަޠަރުގެ ވެރިރަށް ދޯހާއަށް ޙަމަލާ ދީފިއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި އިސްރާއީލުން ޙަމަލާ ދިނީ ވަފުދު ތިބި ޢިމާރާތަށެވެ. ނަމަވެސް އެއްވެސް ބޭފުޅަކު ޝަހީދުވި ކަމެއް އަދި ނޭނގެއެވެ. އެ ތަނުގައި ތިބީ ޑރ.ޚަލީލް އަލްހައްޔާ، މުޙައްމަދު ދަރުވިޝް، މޫސާ އަބޫ މަރްޒޫޤު، ހުސާމް ބަދުރާން، ޚާލިދު މެޝާލް، އަދި ޒާހިރު ޖަބަރީން އެވެ

ރޮއިޓާސް އާއި އޭޕީގެ ރިޕޯޓްތައް ބުނާ ގޮތުން އިސްރާއީލުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ސީދާ ޙަމާސްގެ އިސް އޮފިޝަލުންނަށެވެ. އަދި ބާރުގަދަ ގޮވުންތަކެއް ދެ ސަރަޙައްދަކުން އިވުނު ކަމަށާއި، ކައިރީގައި ހުރި އިމާރާތްތަކަށް އޭގެ އަސަރު ކުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%