Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޙަމާސް އަށް ޓްރަމްޕުގެ ވަރަށް ނުރައްކާތެރި އިންޒާރެއް!

ޙަމާސް އަށް ޓްރަމްޕުގެ ވަރަށް ނުރައްކާތެރި އިންޒާރެއް!

ޢަބްދުﷲ ޖުނައިދު
343 ދުވަސް ކުރިން - 1 އޮކްޓޫބަރު 2025 12:54
ޓްރަމްޕް (ވ) މަސައްކަތް ކުރަމުން ދަނީ ޙަމާސް ނައްތައިލުމަށް.
ޓްރަމްޕް (ވ) މަސައްކަތް ކުރަމުން ދަނީ ޙަމާސް ނައްތައިލުމަށް.
ޚުލާސާ

ޙަމާސް އަށް މިހާރު އޮތީ ބަރާބަރު ތިންދުވަސް ކަމަށާއި، ހަތިޔާރު ދޫކޮށްލައި ޣައްޒާގެ ބިން ޙަވާލުނުކޮށްފިނަމަ، ނިމުން ވަރަށް ހިތިވާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް އިންޒާރުދީފި.

ޖެހޭނީ ތިމަންނާމެން ބުނާ ގޮތަކަށް ހަދަން ކަމަށާއި، އެކަމަށް ޙަމާސް އަށް ލިބޭނޭ 3-4 ދުވަސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. 

ދުނިޔޭގެ ޞުލްޙައިގެ އިނާމު ހޯދުމަށްޓަކައި މަސައްކަތް ކުރަމުންދާ ޓްރަމްޕް މިހެން ބުނީ ރޭ އޭނާގެ އައުވާނު ކަމަށްވާ ހައްދުފަހަނަ އެޅި ޒައެނިސްޓް ބޮޑުވަޒީރު ނަތަންޔާހޫ އާއި އެކު ވައިޓްހައުސްގައި ނޫސްވެރިންގެ ކުރިމަތީގައެވެ. އެ ދެމީހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕު ބުނީ، އޭނާ ހުށަހަޅަފައިވާ ކަންކަން ޙަމާސް އަށް ޖެހޭނީ ޤަބޫލުކުރާށެވެ. އެހެން ނޫންނަމަ ނިމުން ވަރަށް ހިތިވާނެ ކަމަށް ބުނެ އިންޒާރުދިނެވެ.

ޙަމާސް އިން ޤަބޫލުވާން ޖެހޭނެއޭ އޭނާ އެ ބުނާ ކަންކަމަކީ އިސްރާއީލަށް މެދުއިރުމަތީގައި ރައްކާތެރިކަން ހޯދައިދީ ޣައްޒާގެ ފުލް ކޮންޓުރޯލް އިސްރާއީލަށް ދިނުމަށްޓަކައި އޭނާ ހުށަހަޅަފައިވާ 21 ނުކުތާގެ ޕްލޭނެވެ. ބައެއް ޚަބަރުތަކުގައި ބުނާ ގޮތުން އޭގައި ވަނީ މައިގަނޑު 20 ނުކުތާއެވެ. އަލްޖަޒީރާ އިން ވެސް ބުނެފައި ވަނީ އޭގައި ވަނީ މައިގަނޑު 20 ނުކުތާ ކަމަށާއި ނަމަވެސް ތަފްޞީލެއް ނެތް ކަމަށެވެ. ކޮންމެޔަކަސް، ވައިޓް ހައުސްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އިސްރާއީލާއި ޢަރަބި ލީޑަރުން މިހާރު ވެސް އެ ޝަރުޠުތަކަށް އެއްބަސްވެފައިވާ ކަމަށާއި އެހެންކަމުން ޙަމާސް ވެސް ޖެހޭނީ އެއަށް އެއްބަސް ވާށެވެ.

Advertisement

Advertisement 1

ޢަރަބި ލީޑަރުން ޓްރަމްޕްގެ މި ހުށަހެޅުމަށް އެއްބަސް ވެއްޖެ ކަމަށް ބުނެ ޓްރަމްޕް ހެދީ ސީދާ ބޮޑު ދޮގެކެވެ. ތުރުކީވިލާތާއި، މިޞްރާއި، ސައުދީ ޢަރަބިއްޔާ އާއި، އުރުދުން އާއި، ޔޫއޭއީ އަދި ޤަޠަރު ފަދަ ބައެއް ޤައުމުތަކުން މަރްޙަބާ ކިޔާފައި ވަނީ ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ބަދަލުކުރުމާއި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރުމަށެވެ. ފަހަރެއްގައި ވެސް އޭނާގެ މުޅި ޕްލޭން ޢަރަބިން ބަލައެއް ނުގަނެއެވެ.

ހުޅަނގުގެ ބައެއް މަސްދަރުތައް ބުނާ ގޮތުގައި ޙަމާސްގެ މަޝްވަރާ ޓީމުތަކުން ދަނީ ޓްރަމްޕުގެ ހުށަހެޅުންތައް ދިރާސާ ކުރަމުންނެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޓްރަމްޕު ހުށަހެޅި ކަރުދާހުގައި ޙަމާސް އިން ޖެހޭނީ ހަތިޔާރު ދޫކޮށްލަން ކަމަށް ބުނެފައި ވެއެވެ. އަދި ޙަމާސްގެ އެއްވެސް ބާރެއް ޣައްޒާގައި އޮވެގެން ނުވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ޑޮނަލްޑް ޓްރަމްޕުމެދުއިރުމަތިޙަމާސްޣައްޒާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

މިހަފްތާގައި ޣައްޒާއިން 17 މީހުން ޝަހީދުކޮށް 44 މީހުން ޒަޚަމް ކޮށްލައިފި

5 ދުވަސް ކުރިން - 14:55

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

ހެރީއާއި މޭގަން އެމެރިކާ ދޫކޮށް ދިއުމުން ޓްރަމްޕް ހުރީ "އުފަލުން"!

6 ދުވަސް ކުރިން - 12:47

ޖަލުގައި ހުންނެވި މަދޫރޯގެ ފޮޓޯތަކެއް އާންމުވެފައިވާއިރު އޭނާގެ ޝަރީޢަތް 2027 އަށް ތާވަލުކޮށްފި

އެމެރިކާއިން ރަހީނުކުރި މަދޫރޯގެ ފޮޓޯތަކެއް އާންމު ކޮށްފި

9 ދުވަސް ކުރިން - 15:07

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

ޣައްޒާގައި ތިބި ގުނަވަން ބުރިވި މީހުންގެ 25 އިންސައްތައަކީ ކުޑަކުދިން

11 ދުވަސް ކުރިން - 22:41

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

ފަލަސްތީނުގެ ސާޅީހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، ސަތޭކައަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި

18 ދުވަސް ކުރިން - 14:34

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި ކަމަށް ޓްރަމްޕް އިޢުލާން ކޮށްފި

ދުނިޔޭގައި މިހާތަނަށް އަޅާ އެންމެ ވަރުގަދަ ފިޔަވަޅުތައް އީރާނާ ދެކޮޅަށް އަޅައިފި

20 ދުވަސް ކުރިން - 04:34