އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ރޭ ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 10 ވަރަކަށް މީހުން ޝަހީދުވެފައިވާ ކަމަށާއި، އިޒުރޭލުން ޙަމަލާތައް ދިނީ ހަމާސްގެ އިސް ކޮމާންޑަރު އިއްޒުއްދީނުލް ހައްދާދު ޝަހީދުކޮށްލުމުގެ ނިޔަތުގައި ކަމަށް ޣައްޒާ އަށް އަހުލުވެރި މަސްދަރަކުން ބުނެފިއެވެ.
ފަލަސްތީނާއި ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި ރޭ ދަންވަރު ޣައްޒާ ސިޓީގެ ބައެއް ސަރަހައްދުތަކަށް ވަރަށް ވަރުގަދަޔަށް ބޮން އެޅިއެވެ. އެގެތެރޭގައި ރިމާލް އަވަށް ވެސް ހިމެނެ އެވެ. ޣައްޒާގެ ރެސްކިއު ޓީމުތަކާއި މެޑިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް އެތައް ބަޔަކު ޝަހީދުވެ، ދިހަވަރަކަށް މީހުން ވަނީ ޒަޚަމްވެފައެވެ.
ބައިނަލްއަގްވާމީ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާގެ އެތެރޭގައި މިވަގުތު ހުރި ހަމާސްގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ކަމަށް އިސްރާއީލުން ބުނާ އަލް ހައްދާދަށެވެ.
އަލް ހައްދާދު ޝަހީދުވިކަމެއް އިސްރާއީލާއި އަދި ހަމާސް އިން ވެސް ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.










