އިޒުރޭލުގެ ޖަލުގައި 900 އަށްވުރެ ގިނަ ދުވަހު ޖަލުގައި ބޭއްވުމަށް ފަހު ޙަމާސްގެ އިސް ވެރިޔާ ހަސަން ޔޫސުފް ދޫކޮށްލައިފިއެވެ.
އުމުރުން 70 އަހަރުގެ ޔޫސުފް ދޫކޮށްލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޣައްޒާ ހަނގުރާމަ ފެށުނު އިރު ހައްޔަރުކުރި ފަހުން ޖެހިޖެހިގެން ފަސް ފަހަރު އޭނާގެ ބަންދުގެ އަމުރު އާކުރުމަށް ފަހު އެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމާސްގެ އެންމެ ފާހަގަކޮށްލެވޭ ސީނިއާ ލީޑަރު ޖަލަށް ލައި ކުރި އަނިޔާތަކުގެ ސަބަބުން އޭނާ އަށް ޞިއްޙީ ގިނަ މައްސަލަތަލާއި ކުރިމަތިލާން ޖެހުނެވެ.
ޔޫސުފް އަކީ ހުޅަނގު އައްސޭރީގައި ހަމާސްގެ އެންމެ ނުފޫޒުގަދަ ސިޔާސީ އެއް ބޭފުޅެއްގެ ގޮތުގައި ޒަމާނުއްސުރެ ބެލެވިފައިވާ އަދި ފަލަސްތީނުގެ ސިޔާސީ ހަޔާތުގައި ދިގު ޒަމާންތަކެއް ވަންދެން ފާހަގަކޮށްލެވޭ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.









