Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ހުސައިން އިސްމާއިލް
11 ގަޑިއިރު ކުރިން - 11 ޖުލައި 2026 11:26
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޙަމާސް އާއި މެދު މި މީހުންގެ މަޤްޞަދު ވަރަށް ނުބައި.
އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް - ޙަމާސް އާއި މެދު މި މީހުންގެ މަޤްޞަދު ވަރަށް ނުބައި.
ޚުލާސާ

އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެއް. މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފަ.

ޣައްޒާގައި 19 އަހަރު ވަންދެން ހިނގަމުން އައި ހަމާސްގެ އިދާރީ ސަރުކާރު ރަސްމީކޮށް އުވާލައިފިއެވެ. މިއީ އެމެރިކާ އިސްވެ، ގަތަރާއި މިޞްރު މެދުވެރިވެގެން އެކުލަވާލި ޞުލްޙައިގެ "ބޯޑް އޮފް ޕީސް" މަގުޗާޓުގެ ދަށުން ނިންމި ނިންމުމެކެވެ. ހަމާސްއިން ވެރިކަން ދޫކޮށްލީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށާއި، އިސްރާއީލު ސިފައިން އެ ސަރަޙައްދުން ބޭލުމަށް މަގުފަހިކުރުމުގެ ބޭނުމުގައެވެ. މިއާއެކު ޣައްޒާގެ މުސްތަޤްބަލާއި މެދު ބައިނަލްއަޤްވާމީ ދުނިޔޭގައި ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ.

ހަމާސްގެ ސަރުކާރު އުވާލުމަށްފަހު ދެން ޣައްޒާގެ ވެރިކަމާ ޙަވާލުވާނީ "ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ" (އެންސީއޭޖީ) އެވެ. މި ކޮމިޓީގައި ހިމެނޭނީ ސިޔާސީ އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ، ތަޢުލީމީ އަދި ފަންނީ ފަލަސްޠީނުގެ ބޭފުޅުންނެވެ. މި ސަރުކާރުގެ އެންމެ އިސްވެރިއަކަށް ހުންނަވާނީ ފަލަސްޠީނު އޮތޯރިޓީގެ ކުރީގެ އިސް އޮފިޝަލެއް ކަމަށްވާ ޢަލީ ޝަޢުޘް އެވެ. މި ބަދަލާއެކު ޣައްޒާގެ އިދާރީ ހިންގުން ބަދަލުވެގެންދާނީ ސީދާ ސިޔާސީ ނޫން، ޓެކްނޮކްރެޓް ނިޒާމަކަށެވެ.

މި އާ ސަރުކާރަކީ އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ހިނގާނެ ސަރުކާރެކެވެ. މީގެ މައިގަނޑު ބޭނުމަކީ އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އެމެރިކާއިން އެކުލަވާލި މި ރޭވުމުގެ ސަބަބުން، އުފެދޭ އާ ސަރުކާރަކީ އިސްރާއީލަށް ނުރައްކަލެއް ނުވާނެ، އަދި ބައިނަލްއަޤްވާމީ ދުނިޔެއާ ގުޅިގެން މަސައްކަތްކުރާނެ "ވަފާތެރި" ސަރުކާރަކަށް ހެދުމަށް ވަނީ މަގުފަހިވެފައެވެ. ޚާއްޞަކޮށް ޣައްޒާ އަލުން ބިނާކުރުމުގެ ފަންޑުތައް ހިންގާނީ މި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement 1

ނަމަވެސް، މި ބަދަލާއި މެދު އިސްރާއީލުގެ ސަރުކާރުގެ ތެރޭގައި ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. އިސްރާއީލުގެ ޚާރިޖީ ވަޒީރު ވިދާޅުވެފައި ވަނީ، ހަމާސްއިން މުޅިން ހަތިޔާރު ނުބަހައްޓާހާ ހިނދަކު، އުފެދޭ ކޮންމެ ސަރުކާރެއްގެ ފަހަތުގައިވެސް ހަމާސްގެ ހިޔަނި އޮންނާނެ ކަމަށެވެ. އެހެންކަމުން، މި ސަރުކާރުން އިސްރާއީލަށް ބޭނުންވާ ފުރިހަމަ ސަލާމަތީ ކަށަވަރުކަން ލިބޭނެތޯ އެމީހުން ޝައްކު އުފައްދައެވެ. ހަމާސް އިން ވެރިކަން ދޫކޮށްލި ނަމަވެސް، އެމީހުންގެ އަސްކަރީ ބާރު މުޅިން ނައްތައެއް ނުލެވެއެވެ.

ޙަމާސްޣައްޒާއިސްރާއީލްއެމެރިކާމެދުއިރުމަތި
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

21 ގަޑިއިރު ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

1 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

2 ދުވަސް ކުރިން - 21:05

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

2 ދުވަސް ކުރިން - 13:08

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

ޓްރަމްޕު ނުފޫޒު ފޯރުވައި ހުރިހާ ބާރެއް ބޭނުންކުރީމާ ވެސް އެމެރިކާ ކަޓައިފި

4 ދުވަސް ކުރިން - 10:30

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

ގިނަމީހުން ބޭނުމީ އެމެރިކާ ބަލިވާތަން ދެކެން

4 ދުވަސް ކުރިން - 23:09