އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ހަމާސްގެ އައު ލީޑަރު މުހައްމަދު އަލީ ޢަވްދާ (އަބޫ އަމްރު) އާއި އޭނާގެ އަނބިކަނބަލުންނާއި ދަރީން ވެސް ޝަހީދުކޮށްލައިފިއެވެ. މިކަން ހަތިޔާރު އެޅި ވިންގު ކަމަށްވާ އަލް ގައްސާމް ބްރިގޭޑްސް އިން ވަނީ ކަށަވަރުކޮށްދީފައެވެ.
ޢަވްދާ ޝަހީދުކޮށްލާފައި ވަނީ ރޭ އިރާކޮޅު އިސްރާއީލު ސިފައިން ޣައްޒާ އަށް ބޮން އަޅައިގެންނެވެ.
(އަބޫ އަމްރު) ޝަހީދުވެއްޖެކަން އިއުލާން ކޮށްފައި މި ވަނީ ހަމާސްގެ އިސް ކޮމާންޑަރު އިއްޒުލްދީން އަލް ހައްދާދު، މިމަހުގެ ކުރީކޮޅު އިސްރާއީލުގެ ހަމަލާއެއްގައި ޝަހީދުވި ކަމަށް އިއުލާންކުރިތާ މާގިނަ ދުވަހެއް ނުވަނީހެވެ.








