ޣައްޒާގެ އެތެރޭގައި އަދިވެސް ހަރަކާތްތެރިވާ ހަމާސްގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ކަމަށް ބެލެވޭ އިއްޒުއްދީނުލް ޙައްދާދަށް އަމާޒުކޮށް ވަރަށް ވަރުގަދަ ޙަމަލާތަކެއް ޒައެނިސްޓުން ދީފިއެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ހަމަލާގެ ތެރޭގައި ހައްދާދު ޝަހީދުވުން އެކަށީގެން ވެއެވެ.

ނަމަވެސް މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިންވެސް އަދި ހަމާސްއިންވެސް އޭނާ ޝަހީދުވި ކަމެއް ކަށަވަރުކޮށްދީފައެއް ނުވެއެވެ.