Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

ހަރަދުތައް ކުޑަކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް: ސަރުކާރު

އައިޝަތު ރުވާ ރިފްޢަތު
76 ދުވަސް ކުރިން - 22 މާޗް 2026 17:52
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން އިގްތިސާދީ ދުވެލި ދެމެހެއްޓުމަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމަށް މިނިސްޓަރު ވިދާޅުވި.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅިނަމަވެސް، އެކަން ކުރާނީ ރައްޔިތުންނަށް ދަތިނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ހަނގުރާމަތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ އަސަރުތައް ދިރާސާކުރުމަށް އުފައްދާފައިވާ ވަޒީރުންގެ މަޖިލީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. މިގޮތުން، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި، ރާއްޖޭގައި ކާބޯތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ބާރުސްޕީޑުގައި ކުރިއަށްގެންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ، ބޭރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތައް ދިގުލައިގެންދާނަމަ، އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަކުރާނެ ޕްލޭންތަކެއް އެކުލަވާލުމުގެ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

Advertisement

Advertisement 1

ސަރުކާރުގެ މައިގަނޑު ވިސްނުމަކީ، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް ނުވަތަ ތަކުލީފަކަށް ނުވާނެ ގޮތަކަށް އެޅޭ ފިޔަވަޅުތަކަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަނގުރާމައިގެ ހާލަތު މިގޮތަށް ދެމިއޮންނަނަމަ، ދައުލަތުގެ ހަރަދުތައް މެނޭޖްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ތައްޔާރުވަމުންނެވެ.

އަދި ހަމައެއާއެކު، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކަށް ބުރޫނާރާނެހެން އިގްތިސާދީ ދުވެލި ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންތައް ކަމުގައިވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، ސަރުކާރުން ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅައި، އެކަންކަން ތަންފީޒުކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މީގެ ތެރޭގައި އިސްރާފު ކުޑަކުރުމާއި، ދައުލަތުގެ ހިންގުމުގެ ހަރަދުތައް އިތުރަށް ހަރުދަނާކުރުން ހިމެނެ އެވެ.

ނިންމާލަމުން މިނިސްޓަރު ވިދާޅުވީ، ކޮންމެ ހާލަތެއް މެދުވެރިވި ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ނުދާނެހެން އަދި ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިނުވާނެހެން ސަރުކާރުން ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްރައީސުލްޖުމްހޫރިއްޔާގެ އޮފީސްއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާ އިފްތިތާހުކޮށްފި

15 ގަޑިއިރު ކުރިން - 02:59

އެމެރިކާގެ ހެލިކޮޕްޓަރެއް އީރާނުން ފުނޑާލައިފި

އެމެރިކާގެ ހެލިކޮޕްޓަރެއް އީރާނުން ފުނޑާލައިފި

2 ދުވަސް ކުރިން - 22:25

އެމެރިކާގެ ވިސާ ނުލިބުނު ކަމުގައި ވިޔަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

ވިސާ ނުލިބުނަސް އީރާނުގެ ޓީމު އަންނަ ހޮނިހިރު ދުވަހު މެކްސިކޯއަށް ފުރަނީ

2 ދުވަސް ކުރިން - 21:26

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި: އެކަކު މަރުވެ ގިނަ ބަޔަކު ޒަޚަމްވެއްޖެ

ކުވައިތުގެ އެއާޕޯޓަށް އީރާނުން ޑްރޯން ހަމަލާއެއްގައި އެކަކު މަރުވެއްޖެ

2 ދުވަސް ކުރިން - 19:57

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކުގެ ވީޑިއޯ އާންމުކޮށްފި

3 ދުވަސް ކުރިން - 15:24

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

އީރާނުން ޢިރާޤުގެ ވަކުވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތުގެ ހެޑްކުއާޓަރަށް ޙަމަލާ ދީފި

3 ދުވަސް ކުރިން - 11:38