Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް: ހަލީލް

މުޙައްމަދު ޖިނާން ހުސައިން ޖަބީން
192 ދުވަސް ކުރިން - 11 ޖެނުއަރީ 2026 19:32
މިނިސްޓަރު ހަލީލް އޯއައިސީގެ ބައްދަލުވުމެއްގައި--- ފޮޓޯ: ފޮރިން މިނިސްޓްރީ
މިނިސްޓަރު ހަލީލް އޯއައިސީގެ ބައްދަލުވުމެއްގައި--- ފޮޓޯ: ފޮރިން މިނިސްޓްރީ
ޚުލާސާ

ބައިނަލްއަގްވާމީ ގާނޫނީ ނިޒާމު ބަލިކަށިވުމަކީ، ރާއްޖެ ފަދަ ބައިނަލްއަގްވާމީ އުސޫލުތަކަށް ބަރޯސާވާ ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި

ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި އިޒުރޭލުން ބަލައިގަތީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހަލީލް މި މޭރުމުން ވިދާޅުވީ ސައުދީ އަރަބިއްޔާގެ ޖިއްދާގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފޮރިން މިނިސްޓަރުންގެ ފެންވަރުގައި ބޭއްވި 22 ވަނަ އެކްސްޓްރާއޯޑިނަރީ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ތަގްރީރުކުރައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، އިޒުރޭލުގެ މި ނިންމުމަކީ ސޯމާލިއާގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަންލިބޭ، އަދި ބައިނަލްއަގްވާމީ އުސޫލުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި އިޒުރޭލުގެ މިފަދަ ނިންމުންތަކާމެދު ދިވެހި ސަރުކާރުން ކަންބޮޑުވާކަން ފާހަގަކުރައްވައި، މިއީ އދގެ ޗާޓަރާވެސް ފުށުއަރާ ކަމެއްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Advertisement

Advertisement 1

މެދުއިރުމަތީގެ ސަރަހައްދުގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުގައި އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގްވާމީ ގާނޫނަށް އެ ގައުމުން އިހްތިރާމް ނުކުރާކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ފަލަސްތީނުގެ ގައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުން ގޮވާލަމުންދާ ވަގުތެއްގައި، އިޒުރޭލުން ބައިނަލްއަގްވާމީ ގާނޫނާ ހިލާފުވަމުންދާތީ މިނިސްޓަރު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފަ އެވެ.

މި ބައްދަލުވުމަކީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އިސްރާއީލުން ނިންމި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އޯއައިސީ އަކީ 57 ގައުމުގެ މައްޗައް އެކުލެވިގެންވާ މުސްލިމް އުއްމަތަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގައްޔާއި ފަލަސްތީނުގެ ހައްގުގައި އަބަދުސް ވަކާލާތުކުރަމުން އަންނަ ޖަމުއިއްޔާއެކެވެ. 1976 ވަނަ އަހަރު މި ޖަމިއްޔާގެ މެމްބަރަކަށްވުމަށްފަހު ދިވެހިރާއްޖެއިން މި ޖަމުއިއްޔާގައި ދަނީ އިސްކޮށް ހަރަކާތްތެރިވަމުންނެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

7 ދުވަސް ކުރިން - 20:25

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

27 ދުވަސް ކުރިން - 13:00

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

69 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

69 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

71 ދުވަސް ކުރިން - 15:01

ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ޒިންމާދާރުކަމާއެކު ވާހަކަދެއްކުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ގައުމީ މަސްލަހަތުގައި ވާހަކަދައްކަންވާނީ ޒިންމާދާރުކަމާއެކު: ފޮރިން މިނިސްޓްރީ

73 ދުވަސް ކުރިން - 20:30