Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
105 ދުވަސް ކުރިން - 14 މެއި 2026 12:09
ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަން ބޭއްވި ބައްދަލުވުން/ ފޮޓޯ: ފިނޭންސް މިނިސްޓްރީ
ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަން ބޭއްވި ބައްދަލުވުން/ ފޮޓޯ: ފިނޭންސް މިނިސްޓްރީ
ޚުލާސާ

ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައި.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފް.ޓީ.އޭ) އެކުލަވާލުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކޮށް، އަވަސްކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފިނޭންސް މިނިސްޓަރު އިރުތިޝާމް އާދަމް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ފުރަމާން ދަތުރުފުޅުގެ ތެރެއިން،އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓަރު މިޔުޝް ގޯޔާލްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ބައްދަލުވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާރިޖީ ވަޒީރު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް އަވަސްކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ރާއްޖެ-އިންޑިއާ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީ ކުރިއަށް ގެންދިއުމަށާއި، ވިޔަފާރި އަދި ފައިސާގެ މުއާމަލާތްތައް ފަސޭހަކުރުމުގެ ނިޒާމު އިތުރަށް ތަރައްގީކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެ އެވެ.

މި ބައްދަލުވުމުގައި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެ އެވެ. ވަޒީރު ވިދާޅުވީ ރާއްޖެ-އިންޑިއާ ވިޔަފާރި ކުރިއެރުވުމަށާއި ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފެށުމަށް ބޭނުންވާ 'ޓާމްސް އޮފް ރިފަރެންސް' (ޓީ.އޯ.އާރް) އަށް ދެ ގައުމުން އެއްބަސްވެފައިވަނީ މިދިޔަ އަހަރުގެ މާރިޗު މަހުގަ އެވެ. ޓީ.އޯ.އާރް އަކީ ފުރިހަމަ އެއްބަސްވުމަކަށް ދިއުމުގެ ކުރިން ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ.

މިފަދަ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނޭނެ އެވެ. އަދި ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ އެވެ.

އިންޑިއާ - ރާއްޖެމިނިސްޓަރު އިރުތިޝާމް އާދަމްމިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

15 ގަޑިއިރު ކުރިން - 20:12

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

1 ދުވަސް ކުރިން - 23:42

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

44 ދުވަސް ކުރިން - 20:25

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

47 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

48 ދުވަސް ކުރިން - 16:25

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

63 ދުވަސް ކުރިން - 13:00