Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 14 ޖުލައި 2026 20:25
ހާޒިޖީ ވުޒާރާ/ ފޮޓޯ: ޚުލާސާ
ހާޒިޖީ ވުޒާރާ/ ފޮޓޯ: ޚުލާސާ
ޚުލާސާ

ސައުދީގެ އާންމު ރައްޔިތުންނަށް ނުރައްކާވާގޮތަށް ދިން މި ހަމަލާތަކަކީ އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ހާރިޖީ ވުޒާރާއިން ފާހަގަކުރި.

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ސައުދީގެ އާންމު ރައްޔިތުންނަށް ނުރައްކާވާގޮތަށް ދިން މި ހަމަލާތަކަކީ އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ބުނިގޮތުގައި، މި ދަނޑިވަޅުގައި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ފުރިހަމަ ސާބިތުކަންމަތީގަ އެވެ. އަދި ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ޓެރަރިޒަމާ ދެކޮޅަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފަ އެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ސަރަހައްދީ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށާއި، އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ޑިޕްލޮމެސީ އާއި މަޝްވަރާގެ މަގު އިސްކުރުމުގެ މުހިންމުކަން ދިވެހި ސަރުކާރުން ވަނީ ފާހަގަކޮށްފަ އެވެ. ރާއްޖެއިން އަބަދުވެސް ގޮވާލަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މިންގަނޑުތަކަށް އިހުތިރާމްކޮށް، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ކަމަށްވެސް ހާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

ނޭޕާލްގެ ކާރިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާކަން ކަށަވަރުވެއްޖެ

2 ދުވަސް ކުރިން - 20:12

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

ޤަތަރަށާއި އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާ ސަފީރުން ޢައްޔަން ކުރައްވައިފި

65 ދުވަސް ކުރިން - 13:00

ޔޫއޭއީ އާއި ގަތަރަށް ކަނޑައަޅާ ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

ސަފީރުންގެ ގޮތުގައި ތޯރިގާއި އާދަމް ޝަރީފް އައްޔަންކުރަނީ

107 ދުވަސް ކުރިން - 12:11

ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

ރާއްޖެ-އިންޑިއާ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަވަސްކުރަނީ

107 ދުވަސް ކުރިން - 12:09

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވައިފި

މިނިސްޓަރު އިރުތިޝާމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް

109 ދުވަސް ކުރިން - 15:01

ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ޒިންމާދާރުކަމާއެކު ވާހަކަދެއްކުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ގައުމީ މަސްލަހަތުގައި ވާހަކަދައްކަންވާނީ ޒިންމާދާރުކަމާއެކު: ފޮރިން މިނިސްޓްރީ

112 ދުވަސް ކުރިން - 20:30