Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމަށް އިތުރު މާކެޓުތައް ދަނީ ހޯދަމުން: ހަލީލު

އައިޝަތު ރުވާ ރިފްޢަތު
135 ދުވަސް ކުރިން - 12 މާޗް 2026 17:27
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު---
ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު---
ޚުލާސާ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25އާއި %30އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވީ ނަމަވެސް، ސަރުކާރުން ފިޔަވަޅުތައް އަޅާނީ ބާޒާރަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ތެޔޮ ލިބުމަށް ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން، ރާއްޖެއަށް ތެޔޮ އިމްޕޯޓު ކުރާނެ އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ހަލީލެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ކުދި ޖަޒީރާ ގައުމަކަށް ވުމާއެކު، މެދުއިރުމައްޗާއި ގަލްފުގެ ޤައުމުތަކުގައި ހިނގަމުންދާ ހަމަލާތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށާއި ސަލާމަތަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް އެ ކޮމިޓީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ހަރުދަނާ ނިޒާމެއްގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

ރާއްޖެއަށް އާންމުކޮށް ތެޔޮ އެތެރެކުރަނީ މެދުއިރުމަތީގެ ސަރަހައްދުތަކުން ކަމަށްވީ ނަމަވެސް، އެ ސަރަހައްދުގެ މަގުތައް ބަންދުވުމުގެ ބިރު އޮތުމާއެކު، އަވަށްޓެރި ގައުމުތަކާއި އެހެނިހެން މާކެޓުތަކުން ތެޔޮ ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

"ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެކި ގައުމުތަކާއެކު މަސައްކަތް އެބަކުރެވޭ. މިއީ ވަކި ގައުމަކަށް ނުވަތަ މަދު ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް (ސިންދަފާތުކުރުމަށް) ކުރެވޭ މަސައްކަތެއް،" މިނިސްޓާރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު %25 އާއި %30 އާ ދެމެދުގެ މިންވަރަކަށް އުފުލިފައިވީ ނަމަވެސް، ސަރުކާރުން ފިޔަވަޅުތައް އަޅާނީ ބާޒާރަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަމައެހެންމެ، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމުތައްވެސް ސަރުކާރުން ދަނީ ހަރުދަނާކުރަމުންނެވެ.

އިތުރުވަމުންދާ އާބާދީއަށާއި ފަތުރުވެރިންނަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.

އީރާން ކްރައިސިސް 2026(ކުރީގެ މިނިސްޓަރު) ޑރ. އަބްދުﷲ ހަލީލްއިގްތިސޯދުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

2 ދުވަސް ކުރިން - 10:25

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

2 ދުވަސް ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

3 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

3 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

3 ދުވަސް ކުރިން - 15:12