Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ތިނަދޫ ޓާޝަރީ ހޮސްޕިޓަލާއި އެއާޕޯޓު ޙަޤީޤަތަކަށް ހަދާނެކަމަށް ސައުދުﷲ ވިދާޅުވެއްޖެ

ތިނަދޫ ޓާޝަރީ ހޮސްޕިޓަލާއި އެއާޕޯޓު ޙަޤީޤަތަކަށް ހަދާނެކަމަށް ސައުދުﷲ ވިދާޅުވެއްޖެ

އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލަމުން ވެސް މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެކަމަށް ހެލްތު މިނިސްޓަރު އަންގަވާފައިވާކަމަށް ސައުދުﷲ ވިދާޅުވި

749 ދުވަސް ކުރިން - 23:02

ބޭރުގެ ލޮޅުން ތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސާދަށް ލޮޅުން އަރާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ބޭރުގެ ލޮޅުން ތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސާދަށް ލޮޅުން އަރާނެ ކަމުގެ އިންޒާރު ރައީސް ދެއްވައިފި

ރައީސް ވަނީ ސިޑްސް އަށް އިގްތިސާދު ތަފާތުކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވުން މަދުކޮށް، ބްލޫ ބޮންޑް، ގްރީން ބޮންޑް، އަދި ޑެޓް ފޯ ނޭޗާ ސްވޮޕް މެދުވެރިކޮށް ދެމެހެއްޓެނިވި ކުރިއެރުވުމަށް މާލީ އިދާރާތަކާ އެކު ޕާޓްނަޝިޕް ހަރުދަނާ ކުރުމަށް އިލްތިމާސް ކުރައްވާފަ

749 ދުވަސް ކުރިން - 22:36

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލު ހޯދަން ރައީސް ގޮވާލައްވައިފި

ކުދި ޖަޒީރާ ޤައުމުތަކުގެ ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލު ހޯދަން ރައީސް ގޮވާލައްވައިފި

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ބޭއްވުނު ސިޑްސްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ސިންދަފާތުކުރުމާއި ދަރަނި ދެއްކުމަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވާފަ.

749 ދުވަސް ކުރިން - 22:02

ކުދި ޤައުމުތަކަށް އެހީތެރިވެދެއްވުމަށް ރައީސް ގޮވާލައްވައިފި

ކުދި ޤައުމުތަކަށް އެހީތެރިވެދެއްވުމަށް ރައީސް ގޮވާލައްވައިފި

ރައީސް ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް ބައިނަލްއަޤްވާމީ އެހީ ބޭނުން ކަމަށާ، ސިޑްސްގެ 40 އިންސައްތަ ތިބީ ދަރަނީގެ ދަތިކަމުގައި ކަމަށާ ރާއްޖެ އަށް ކުރިމަތިވެފައިވަނީ %100 އަށްވުރެ މަތީގެ ދަރަނި ޖީޑީޕީ ރޭޝިއޯއެެއް ކަމަށް

749 ދުވަސް ކުރިން - 21:58

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް 349 ގުރާމުގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 65 އަހަރުގެ މީހަކު ހައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ވެހެތާނުގޭ ޢަބްދުﷲ ޞާދިޤު.

749 ދުވަސް ކުރިން - 20:26

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ސްރީ ލަންކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފި. މިއީ އެ ޤައުމުގެ އިޤްތިޞާދީ ހީނަރުކަމާ ގުޅިގެން ކުރީގެ ރައީސް އިސްތިއުފާ ދެއްވުމަށްފަހު ބޭއްވޭ ފުރަތަމަ ރިޔާސީ އިންތިޚާބު. 38 ކެންޑިޑޭޓުން ވާދަކުރާ މި އިންތިޚާބުގައި 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވޭ.

749 ދުވަސް ކުރިން - 20:24

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު

އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި، އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ. ދުނިޔެ ބަވަނަވަމުން އަންނައިރު ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އދ. އިން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ތާޢީދުކުރާކަން ވަޒީރު ފާހަގަކުރެއްވި.

749 ދުވަސް ކުރިން - 20:19

އައްޑޫ ސިޓީން ގެއްލުނު މީހާ ފެނިއްޖެ

އައްޑޫ ސިޓީން ގެއްލުނު މީހާ ފެނިއްޖެ

އައްޑޫ ސިޓީ މަރަދޫއިން ގެއްލިގެން ހޯދަމުންދިޔަ އަޙްމަދު ހާރޫން ނަމަކަށް ކިޔާ މީހަކު އެމީހާގެ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއަކުން ފެނިއްޖެ. އޭނާގެ ސިއްޙީ ހާލަތު ބެލުމަށް މަރަދޫ ހެލްތު ސެންޓަރަށް ގެންގޮސްފައިވޭ.

749 ދުވަސް ކުރިން - 20:17

ކުރަނގި އޮޕަރޭޝަން: ދެ ރަށެއްގައި މަސައްކަތް ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަނީ

ކުރަނގި އޮޕަރޭޝަން: ދެ ރަށެއްގައި މަސައްކަތް ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަނީ

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަން ހއ. މުރައިދޫއާއި ހއ. މޮޅަދޫގައި ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފި.

749 ދުވަސް ކުރިން - 20:09

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް މޮނިޓަރ ކުރުމަށް ދ. އަދި ތ. އަތޮޅަށް ޒިޔާރަތްކޮށްފި

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތައް މޮނިޓަރ ކުރުމަށް ދ. އަދި ތ. އަތޮޅަށް ޒިޔާރަތްކޮށްފި

މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ރަށްތަކުގެ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމާއި، އެ ރަށްތަކުގައި ހިންގާ މަޝްރޫޢުތަކުގެ ފެންވަރު ވަޒަންކުރުން. މީގެ އިތުރުން، ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުން އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުންދޭތޯ ބެލުމަކީވެސް މި ދަތުރުގެ އެއް މަޤްޞަދު

749 ދުވަސް ކުރިން - 20:04

ވިހަ ގޭސް ދޫކުރާ މިންވަރު ދެނެގަތުމަށް ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމު: ސްޕެޝަލް އެންވޯއީ

ވިހަ ގޭސް ދޫކުރާ މިންވަރު ދެނެގަތުމަށް ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމު: ސްޕެޝަލް އެންވޯއީ

ޢަލީ ޝަރީފް ވިދާޅުވީ 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުން ރާއްޖެއިން އަހަރަކު 2030 ކިލޯ ޓަނުގެ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ ކަމަށާއި، މީގެ ތެރެއިން 30 އިންސައްތަ ގޭހަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކުގެ ދާއިރާއިން ޖައްވަށް ދޫކުރާ ގޭސް.

750 ދުވަސް ކުރިން - 15:32

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާ ފަށައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާމުންގެ މަހާސިންތާ ފަށައިފި

އެއް ދުވަހަށް ކުރިއަށްދާ މި މަހާސިންތާ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި. މި މަހާސިންތާގައި ޖުމަލް 508 އިމާމުން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި އޮންލައިންކޮށް ބައިވެރިވި 300 އިމާމުން ހިމެނޭ.

750 ދުވަސް ކުރިން - 15:21

Previous12345Next