Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވިހަ ގޭސް ދޫކުރާ މިންވަރު ދެނެގަތުމަށް ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމު: ސްޕެޝަލް އެންވޯއީ

ވިހަ ގޭސް ދޫކުރާ މިންވަރު ދެނެގަތުމަށް ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމު: ސްޕެޝަލް އެންވޯއީ

އައިޝަތު ރުވާ ރިފްޢަތު
673 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 15:32
ފޮޓޯ: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ފޮޓޯ: އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ޚުލާސާ

ޢަލީ ޝަރީފް ވިދާޅުވީ 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުން ރާއްޖެއިން އަހަރަކު 2030 ކިލޯ ޓަނުގެ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ ކަމަށާއި، މީގެ ތެރެއިން 30 އިންސައްތަ ގޭހަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކުގެ ދާއިރާއިން ޖައްވަށް ދޫކުރާ ގޭސް.

ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ކުންފުނިތަކުން ހަކަތައިގެ އޮޑިޓެއް ހެދުން މުހިންމުކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވީ މިއަދު ބޭއްވުނު ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ "މޯލްޑިވިއަން ގްރީން ހޮރައިޒަން އިނިޝިއޭޓިވް" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޢަލީ ޝަރީފް ވިދާޅުވީ 2022 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުން ރާއްޖެއިން އަހަރަކު 2030 ކިލޯ ޓަނުގެ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ ކަމަށާއި، މީގެ ތެރެއިން 30 އިންސައްތަ ގޭހަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކުގެ ދާއިރާއިން ޖައްވަށް ދޫކުރާ ގޭސްކަމަށެވެ. އަދި ތިމާވެށްޓާ ރައްޓެހިވުމަށް ކުންފުނިތަކުން ޕްރޮގުރާމްތައް ފަށާއިރު އެ ކުންފުންޏަކުން ޖައްވަށް ދޫކުރެވޭ ގޭސްތަކުގެ މިންވަރު ދެނެގަންނަންޖެހޭ ކަމަށް އޭނާ ބުނުއްވިއެވެ..

"ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ތިމާވެށީގެ ކަންކަމުގައި ކުންފުނިތަކަށް މާލީ އެހީތެރިކަންދޭއިރު އެބަ ބަލައި ކުންފުނިތަކުން ތެޔޮ އަންދާ މިންވަރު ކުޑަ ކުރުމަށް ކޮންކަހަލ މަސައްކަތްތަކެއްތޯ ކޮށްފައިހުރީ. މިފަދަ އޮޑިޓުތައް ހަދައިގެން ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކޮށްގެން މިފަދަ ފަންޑުތައް ބޮޑަށް ލިބޭނީ." ޢަލީ ޝަރީފް ބުނުއްވިއެވެ.

Advertisement

Advertisement 1

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޢަލީ ސަލީމް ވިދާޅުވީ، އަލަށް ފެށުނު މި ޕްރޮގުރާމާއެކު ކުންފުނީގެ އިދާރީ ކަންކަމާއި އިޖުތިމާޢީ ހުރިހާ ކަމެއް ތިމާވެށްޓާ ރައްޓެހި ކުރެވޭނެ ކަމަށެވެ. އަދި އަމާޒަކީ އައިލެންޑް އޭވިއޭޝަނަކީ ވީހާވެސް ތިމާވެށްޓާ ރަޙުމަތްތެރި ކުންފުންޏަކަށް ހެދުންކަމަށް އޭނާ ބުނިއެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަނާއި ޕާލޭ މޯލްޑިވްސްއާ ދެމެދު ގްރީން ހޮރައިޒަން އިނިޝިއޭޓިވްގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. އަދި ރަސްމިއްޔާތަށްފަހު އައިލެންޑް އޭވިއޭޝަންގެ ސީޕްލޭން ޑޮކް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދެވުނެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަން އޯޑަރު ދީފި

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަނީ

56 ދުވަސް ކުރިން - 18:23

ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ގެނައުމަށް ތައްޔާރުވަނީ

ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ގެނައުމަށް ތައްޔާރުވަނީ

59 ދުވަސް ކުރިން - 13:45

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

114 ދުވަސް ކުރިން - 12:11

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

115 ދުވަސް ކުރިން - 22:14

ސީޕްލޭންގެ ހިދުމަތާއި އެކު ތޮއްޑު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ އިތުރު ފުރުސަތުތަކެއް

ސީޕްލޭންގެ ހިދުމަތާއެކު ތޮއްޑޫ އަށް އިތުރު އާމްދަނީ

162 ދުވަސް ކުރިން - 01:12

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ދެ ކުންފުންޏެއްގެ ޗެއާޕާސަންކަމަށް މީހުން އައްޔަންކޮށްފި

229 ދުވަސް ކުރިން - 19:16