Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ހައްވާ މިރުފާ
61 ދުވަސް ކުރިން - 3 އޭޕްރިލް 2026 12:11
ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ:ޓްރާންސްޕޯޓް މިނިސްޓްރީ
ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން----ފޮޓޯ:ޓްރާންސްޕޯޓް މިނިސްޓްރީ
ޚުލާސާ

މިހާރު ހުރި 959 އަކަފޫޓުގެ ޓާމިނަލް 1،874 އަކަފޫޓަށް ބޮޑުކުރާނެ.

ބ. ދަރަވަންދޫ އެއާޕޯޓު ހިންގުން އައިލެންޑް އޭވިއޭޝަންއަށް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އެކަމާ ގުޅިގެން މިއަދު ދަރަވަންދޫ އެއާޕޯޓު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެއާޕޯޓު ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް އަހުމަދު ޝަމީމު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސެވެ.

އެ ބަދަލާއެކު، ދަރަވަންދޫ އެއާޕޯޓު އޮޕަރޭޓު ކުރުމާއި އެއާޕޯޓުގައި ދޭ އެންމެހާ ހިދުމަތްތައް ދެން ބަލަހައްޓަމުން ގެންދާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

Advertisement

Advertisement 1

އަދި އެއާޕޯޓު ހަވާލުކުރުމާއެކު، ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ . އެގޮތުން އައިލެންޑް އޭވިއޭޝަނުން ބުނީ، އެ މަޝްރޫއަކީ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ހުރި 959 އަކަފޫޓުގެ ޓާމިނަލް 1،874 އަކަފޫޓަށް ބޮޑުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އެއީ ގާތްގަނޑަކަށް އެ އާޕޯޓަށް އަންނަ ދެ ގުނަ ބޮޑުވުމެކެވެ. އެ ބަދަލާއެކު އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ޗެކިންވުމާއި، ބަގޭޖް ޕްރޮސެސިންގެ ކަންކަމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައި ވަނީ ކަނޑުއަޑީގެ ރީތިކަން ރަމްޒުކޮށްދޭ ތަފާތު އާކިޓެކްޗާއަކަށެވެ. އޭގެ އިތުރުން ޓާމިނަލްގެ ބޭރުގައި ހާއްސަ ވެއިޓިން އޭރިއާއެއް ހެދުމާއި، އެރައިވަލް އޭރިއާ ބޮޑުކުރުން ވެސް މި މަޝްރޫއުގައި ހިމެނެ އެވެ. އަދި ފަސިންޖަރުންނަށް އަވަހަށް ދަބަސްތައް ލިބޭނެ ގޮތް ހެދުމަށްޓަކައި ބަގޭޖް ކޮންވެޔާ ބެލްޓެއް އިންސްޓޯލްކޮށް، އެރައިވަލް އޭރިއާއަކީ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު އުޅެވޭނެ ތަނަކަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއު ނިމުމުން ބ. އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓުން މުޅިން އާ، ފެންވަރު ރަނގަޅު ތަޖުރިބާއެއް ކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން އުންމީދު ކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަރަވަންދޫ އެއާޕޯޓަކީ ގިނަ ބަޔަކު ބޭނުންކުރާ ބާރުބޮޑު އެއާޕޯޓަކަށް ވާތީ، ހިދުމަތުގެ ފެންވަރު މަތިކުރުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއްް ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެ އެވެ.

ޓްރާންސްޕޯޓްޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްބ. ދަރަވަންދޫ

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަން އޯޑަރު ދީފި

މޯލްޑިވިއަންގެ ފްލީޓު ފުޅާކުރުމަށް އިތުރު ދެ އޭޓީއާރު ބޯޓު ގެންނަނީ

3 ދުވަސް ކުރިން - 18:23

ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ގެނައުމަށް ތައްޔާރުވަނީ

ވައިޑް-ބޮޑީގެ ދެވަނަ މަތިންދާބޯޓު މިއަހަރުގެ ފަހުކޮޅު ގެނައުމަށް ތައްޔާރުވަނީ

6 ދުވަސް ކުރިން - 13:45

ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީ އެއްކޮށްލައި، މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

ދެ މިނިސްޓްރީ އެއްކޮށްލައި މިނިސްޓަރުކަމަށް ސައީދު ހަމަޖައްސަވައިފި

50 ދުވަސް ކުރިން - 19:30

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

57 ދުވަސް ކުރިން - 16:30

ޒަމާނީ ފެންވަރަށް ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

63 ދުވަސް ކުރިން - 22:14

ހުޅުމާލޭގައި 1100 ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއްގެ ބިންގާ އަޅައިފި

ހުޅުމާލޭގައި 1100ވެހިކަލްގެ ޖާގައިގެ ޕާކިން ބިލްޑިންގް އެއް

66 ދުވަސް ކުރިން - 15:42