Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

އައިޝަތު ރުވާ ރިފްޢަތު
1 ދުވަސް ކުރިން - 22 ޖުލައި 2026 23:42
ޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުމުގެ ތެރެއިން---
ޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުމުގެ ތެރެއިން---
ޚުލާސާ

ޓްރާންސްޕޯޓް މިނިސްޓަރު ސައީދު ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ދަތުރުފަތުރުގެ ދާއިރާއަށް ދެމެހެއްޓެނިވި ހައްލުތަކެއް ލިބިގެންދާނެ ކަމަށް. މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފަ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، އެއްގަމު ދަތުރުފަތުރުގެ ދާއިރާއަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭގޮތުން ބޭއްވި ބިޒްނަސް ކައުންސިލްގެ 25 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދެވެ.

ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ ދަށުން ބޭއްވުނު މި ބައްދަލުވުމުގައި، "ގްރޭޓަރ މާލެ މޮބިލިޓީ ފްރޭމްވޯކް" ގެ ދަށުން ކުރިއަށް ގެންދަން ނިންމާފައިވާ މުހިންމު މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެ މައިގަނޑު މަގުސަދަކީ އާބާދީ ބޮޑު މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރ އާއި ޚިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިގޮތުން، އެންމެ މުހިންމު އެއް ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދަކީ "ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން" އެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ނިންމާފައެވެ. މިއީ އުޅަނދުތައް އިތުރުވާ މިންވަރު ކޮންޓްރޯލްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުގެ ކަންކަން ބެލެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Advertisement

Advertisement 1

މި ބައްދަލުވުމުގައި މިނިސްޓަރ ސައީދު ވިދާޅުވީ، ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ދަތުރުފަތުރުގެ ދާއިރާއަށް ދެމެހެއްޓެނިވި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މި ސިޔާސަތުގެ ސަބަބުން އާންމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގެ ހަލުވި އާބާދީއާއި ތަރައްޤީގެ ސަބަބުން މަގުތަކަށް ބާރުބޮޑުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން އަމާޒު ހިފާފައިވަނީ އަމިއްލަ ސެކްޓަރާއި ގުޅިގެން އައު އީޖާދީ ހައްލުތަކެއް ހޯދުމަށެވެ. މިއީ އިގްތިސާދީ ކުރިއެރުމަށާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމަށްޓަކަ ސަރުކާރުން ކުރިއަށްގެންދާ ގައުމީ ތަރައްގީގެ މުހިންމު މަސައްކަތެކެވެ.

މި އިސްލާހުތައް ތަންފީޒުކުރާނެ ތާވަލާއި، ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯނާ ގުޅޭ ތަފްސީލީ ގަވާއިދުތައް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އާންމުކުރާނެ ކަމަށް ބިޒްނަސް ކައުންސިލުން މަޢުލޫމާތު ދެއެވެ.

މިނިސްޓަރު މުހައްމަދު ސައީދުމިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްޓްރާންސްޕޯޓްމާލެ ސިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ހަވާލުކުރަނީ

1 ދުވަސް ކުރިން - 10:13

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: މިނިސްޓަރު ސައީދު

ޕޯޓުގެ މައްސަލައަށް ރައީސް މުއިއްޒުގެ ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ: ސައީދު

10 ދުވަސް ކުރިން - 21:20

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

މާލޭ ބޭރުމަގުގައި ލޮރީއެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

11 ދުވަސް ކުރިން - 19:32

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

13 ދުވަސް ކުރިން - 16:25

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

ތިލަފުށީގައި ތަރައްގީކުރާ ޕޯޓުގެ އަމަލީ މަސައްކަތް މިމަހު ފަށަނީ

22 ދުވަސް ކުރިން - 12:10

ރިޕޯޓް: ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

ޕޭޕަލްގެ ހިދުމަތާއެކު ދިވެހި އިގްތިސާދު ބައިނަލްއަގްވާމީ މައިދާނަށް ހުޅުވާލުން

37 ދުވަސް ކުރިން - 14:32