Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހުސައިން އިސްމާއިލް
2 ގަޑިއިރު ކުރިން - 22 ޖުލައި 2026 10:13
ރާއްޖޭގައި ކުރިން ބޭނުންކުރި ހަމިމްބާޑް ހެލިކޮޕްޓަރު: ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ދިނުމަށް އަންނަ މަހު ބަޔަކާއި ހަވާލުކުރާނެ.
ރާއްޖޭގައި ކުރިން ބޭނުންކުރި ހަމިމްބާޑް ހެލިކޮޕްޓަރު: ހެލިކޮޕްޓަރުގެ ހިދުމަތް އަލުން ދިނުމަށް އަންނަ މަހު ބަޔަކާއި ހަވާލުކުރާނެ.
ޚުލާސާ

ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް 10 އަހަރު ދުވަހުގެ އެކްސްކްލޫސިވް ލައިސަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ. މި ޚިދުމަތް ފެށުމުން ރޭގަނޑުގެ ވަގުތުތަކުގައި ބަލިމީހުން އުފުލުމަށާއި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ.

ދިވެހިރާއްޖޭގައި އަލުން ހެލިކޮޕްޓަރުގެ ޚިދުމަތް ތައާރަފްކުރުމަށްޓަކައި، އަންނަ އޯގަސްޓު މަހުގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރުމަށް ސަރުކާރުން ތައްޔާރުވަމުން ދާ ކަމަށް މިނިސްޓަރ އޮފް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ މިހާރުގެ ޓްރާންސްޕޯޓް މޮޑެލްއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާއިރު، ހެލިކޮޕްޓަރުގެ ޚިދުމަތަކީ މީގެ ތެރެއިން މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.

ސަރުކާރުން މި ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ވިޔަފާރީގެ އުސޫލުންނާއި އިޖުތިމާއީ ބޭނުންތަކަށް ޚިދުމަތް ދެވޭނެ އެކްސްކްލޫސިވް މޮޑެލްއެއްގެ ދަށުންނެވެ. މީގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެއާޕޯޓެއް ނެތް ރަށްރަށުންވެސް ސީދާ ބަލިމީހުން އުފުލުމާއި (މެޑިވެކް)، ކަނޑުމަތީގެ ހާދިސާތަކާއި އެހެނިހެން ކާރިސާތަކުގައި މީހުން ހޯދުމުގެ މަސައްކަތް (ސާޗް އެންޑް ރެސްކިއު) ހިމެނެއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ފަތުރުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަށް ވިޔަފާރި އުސޫލުން ދަތުރުތައް ބޭއްވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

މީގެ 20 އަހަރު ކުރިން ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވުމުގައި ހިނގި ނުރައްކާތެރި ހާދިސާތަކާ ގުޅިގެން އާންމުންގެ ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ވަނީ ރިއާޔަތްކޮށްފައެވެ. މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، މި ބަދަލު ގެންނަނީ ޔޫކޭ ސީއޭއޭގެ ލަފައާ އެކުގައެވެ. އަދި ރާއްޖޭގެ މާހައުލާ އެންމެ ގުޅޭ، ރައްކާތެރިކަން އެންމެ މަތީ ދަރަޖައަށް ކަށަވަރުކުރެވިފައިވާ ބޯޓުތައް ނޫނީ މި ފަހަރު ބޭނުން ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ހޮވޭ ފަރާތަކަށް ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް 10 އަހަރު ދުވަހުގެ އެކްސްކްލޫސިވް ލައިސަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތް ފެށުމުން ރޭގަނޑުގެ ވަގުތުތަކުގައި ބަލިމީހުން އުފުލުމަށާއި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޓްރާންސްޕޯޓްހެލިކަޕްޓަރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

އީރާނު ކައިރިން އެމެރިކާގެ ހެލިކޮޕަޓެރެއް ވެއްޓިއްޖެ

42 ދުވަސް ކުރިން - 11:26

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

105 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

110 ދުވަސް ކުރިން - 12:11

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެސިޓީގައި 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ފަށަނީ

115 ދުވަސް ކުރިން - 22:11

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެންނަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެނެސްފި

119 ދުވަސް ކުރިން - 22:06

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655" އަށް!

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655"އަށް!

120 ދުވަސް ކުރިން - 16:38