ގްރީސްގައި ދެހެލިކޮޕްޓަރު ވައިގެ ތެރޭގައި މުޑިއަރައި އެކަތި ވެއްޓި ގޮވައިފިއެވެ. މި ދެހެލިކޮޕްޓަރަކީ ވެސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި 2 ހެލިކޮޕްޓަރެވެ.
ގްރީސްގެ ހަބަރުތައް ބުނާ ގޮތުގައި އޭގެ ތެރެއިން ދެވަނަ ހެލިކޮޕްޓަރު ވަނީ ވަގުތުން އޭގެ ފެންތައް އޮއްސާލުމަށްފަހު އެ ސަރަހައްދުން އުދުއްސާލާފައެވެ
މި ހާދިސާގައި ވެއްޓުނު ހެލިކޮޕްޓަރުން އެކަކު ވަރަށް ބޮޑެތި އަނިޔާތަކާއި އެކު ދިރިހުއްޓާ ފެނިފައިވާއިރު އަނެކަކުގެ ހަބަރެއް އަދި ނުވެއެވެ. މި ދެ ހެލިކޮޕްޓަރުގައި ޖުމްލަ 4 ކްރޫއިން (ކޮންމެ ބޯޓެއްގައި 2 މީހުން) ތިއްބެވެ.
މި ހާދިސާ ހިނގާފައިވަނީ ގްރީސްގެ ވެރިރަށް އެތެންސްގެ ހުޅަނގުން އޮންނަ ޖަންގައްޔެއްގައި ރޯވެފައިވާ އަލިފާންގަނޑެއް ނިއްވުމުގެ މަސައްކަތުގައި އެ ދެ ހެލިކޮޕްޓަރު އުޅެނިކޮށެވެ.








