Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

މާލެ ސަރަހައްދުގައި ގާއިމްކުރާ 7 ޕާކިން ބިލްޑިންގުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ: އަމީން

އައިޝަތު ރުވާ ރިފްޢަތު
115 ދުވަސް ކުރިން - 28 މާޗް 2026 22:11
މިނިސްޓަރު އަމީން އާންމުކޮށްފައިވާ ޕާކިން ބިލްޑިންގުގެ ކުރެހުމެއް---
މިނިސްޓަރު އަމީން އާންމުކޮށްފައިވާ ޕާކިން ބިލްޑިންގުގެ ކުރެހުމެއް---
ޚުލާސާ

މީގެ ސަބަބުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ، އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 އަށްވުރެ ގިނަ ޕާކިން ޖާގަ ލިބިގެންދާނެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، 7 ޕާކިން ބިލްޑިންގުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސަރަހައްދުގެ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅުމަށް އާ ފިޔަވަޅުތަކެއް އެޅިގެންދާނެ ކަމަށެވެ. މިގޮތުން އަލަށް އިމާރާތްކުރާ 7 ޕާކިން ބިލްޑިންގުގެ ސަބަބުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2،600 އަށްވުރެ ގިނަ ޖާގަ އަދި ސައިކަލު ފަދަ ދެ ފުރޮޅުލީ އުޅަނދުތަކަށް 1،000 އަށްވުރެ ގިނަ ޕާކިން ޖާގަ ލިބިގެންދާނެއެވެ.

Advertisement

Advertisement 1

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ގަވާއިދާ ހިލާފަށް މަގުމަތީގައި ޕާކުކުރުން ހުއްޓުވައި، މަގުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މާލޭގައި އެންމެ ބޮޑުވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވަނީ، މާލޭގެ ހަތަރު ސަރަހައްދެއްގައި ތިމާވެއްޓާ ރައްޓެހި، އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕާކިން ބިލްޑިންތަކެއް ބިނާކުރައްވާނެ ކަމަށެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސިން ނުވަތަ ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ ލޯނުގެ އެހީގައއި ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މި އިމާރާތްތަކުގެ މަސައްކަތް ނިމުމުން މާލޭގެ މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގެ އަދަދު މަދުވެ، ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ބޮޑު ލުޔެއް ލިބިގެންދާނެ އެެ.

ޓްރާންސްޕޯޓްމިނިސްޓަރ މުހައްމަދު އަމީންގްރޭޓަރ މާލެ ކަނެކްޓިވިޓީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ހަވާލުކުރަނީ

32 މިނެޓު ކުރިން - 10:13

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިތޯޕިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ގަޑިއިރު ކުރިން - 13:55

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ސަރުކާރުން ހެޔޮކޮށްފި

އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

82 ދުވަސް ކުރިން - 14:30

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް މުހައްމަދު އަމީން އައްޔަނުކުރައްވައިފި

98 ދުވަސް ކުރިން - 19:25

އުޅަނދެއް ނައްތާލައި އާ އުޅަނދެއް ރަޖިސްޓަރީކުރާނަމަ ގަރާޖުސިޓީ ހުށަހަޅަންނުޖެހޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

ކުދިވިޔަފާރިތަކަށް އުޅަނދު ރަޖިސްޓަރީ ކުރުމުގައި ބޮޑެތި ލުއިތަކެއް!

105 ދުވަސް ކުރިން - 16:30

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

ދަރަވަންދޫ އެއާޕޯޓު އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފި

109 ދުވަސް ކުރިން - 12:11