Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

ބޭސް އެތެރެކުރާ ކުންފުނީގެ ޗެއާޕާސަނަކަށް ހަލީމް، ބީސީސީގެ ޗެއާޕާސަނަކަށް ޝަހީދު

އައިޝަތު ރުވާ ރިފްޢަތު
229 ދުވަސް ކުރިން - 9 ޑިސެންބަރު 2025 19:16
އަބްދުއްރައްޒާގު ހަލީމް (ކ)، ޝަހީދު މުހައްމަދު (ވ).
އަބްދުއްރައްޒާގު ހަލީމް (ކ)، ޝަހީދު މުހައްމަދު (ވ).
ޚުލާސާ

އާސަންދައިގެ ބޯޑުން ތިން ބޭފުޅަކު މިއަދު ވަނީ ވަކިކޮށްފައި. އެތަނުން އެކަކަކީ ޝަހީދު. އާސަންދަ ބޯޑުން ވަކިކުރި ޝާކިރު ވަނީ އައިލަންޑް އޭވިއޭޝަންގެ ބޯޑު މެންބަރުކަން ދީފައި.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމަށް މ.ރަނިކަ، އަލްފާޟިލް އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމަށް ގއ. ވިލިނގިލި، ވައިޖެހޭގެ، އަލްފާޟިލް ޝަހީދު މުހައްމަދު އައްޔަނުކޮށްފި އެވެ.

ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އަކީ ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ކުންފުންޏެކެވެ. ސެޕްޓެމްބަރު އުފެއްދި މި ކުންފުންޏަކީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އެކުލެވޭ ކުންފުންޏެކެވެ. މި ކުންފުނީގެ ބޭނުމަކީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް އަގުހެޔޮކޮށް އެތެރެކުރުމެވެ.

މި ކުންފުންޏަށް އައްޔަނުކުރެއްވި އަބްދުއްރައްޒާގު ހަލީމަކީ އަކީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އެވެ. އަދި ބީސީސީގެ ޗެއާޕާސަން ކަމަށް އައްޔަނުކުރެއްވި ޝަހީދަކީ އާސަންދަ ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމުގައި އިންނެވި ބޭފުޅެކެވެ. އޭނާ މިއަދު ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.

Advertisement

Advertisement 1

ޕީސީބީ އިން ވަނީ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ ބޯޑަށް ބަދަލު އައިސްފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. އެގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑްގެ ބޯޑުން ތިން މެންބަރަކު ވަނީ ވަކިކޮށްފަ އެވެ. އެއީ؛ ބީސީސީގެ ޗެއާޕާސަން ކަމަށް އައްޔަނުކުރެއްވޮ ޝަހީދު މުހައްމަދުގެ އިތުރުން، އއ. ރަސްދޫ، ފުނަމާލެ، އަހްމަދު ޝާކިރު އަދި ކ. ގުރައިދޫ، ސީޕްރައިޒް އާއިޝަތު ޒީނާ އެވެ.

އަހްމަދު ޝާކިރު އާސަންދައިގެ ބޯޑުން ވަކިކޮށް ހަމަ މިއަދު ވަނީ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކެޓިވް މެންބަރުގެ މަގާމަށް އައްޔަނުކޮށްފަ އެވެ.

ނިމިދިޔަ އާދީއްތަ ދުވަހު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް ގއ. ދެއްވަދޫ ނަސްރީނުވިލާ ޝަހީދު އިބްރާހިމް ވަނީ އައްޔަނުކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޑީއެމްޑީގެ މަގާމަށް އޭނާ ވަނީ އިއްޔެ އައްޔަނުކޮށްފަ އެވެ. ޝަހީދު ކުރިން ހުންނެވީ ވެމްކޯގެ ޑީއެމްޑީ މަގާމުގަ އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އާސަންދައައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްމޯލްޑިވްސް ޕޯސްޓްސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްއަބްދުއްރައްޒާގު ހަލީމްޝަހީދު އިބްރާހިމްޝަހީދު މުހައްމަދުއަހްމަދު ޝާކިރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

އިތުރު 8 އަތޮޅެއްގައި އާސަންދަ ކައުންޓަރުތައް ހުޅުވައިފި

9 ދުވަސް ކުރިން - 20:49

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި

9 ދުވަސް ކުރިން - 20:34

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ؛ މިހާރު ފަރުވާ ހޯދާ މީހުންނަށް ހިދުމަތް ލިބޭނެ

އަމްރިތާ އާއި އާސަންދައާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރަނީ

11 ދުވަސް ކުރިން - 23:25

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ

14 ދުވަސް ކުރިން - 22:51

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

އެސްޓީއޯގެ ހުރިހާ ފާމަސީއެއް "ސްޓޭޓްފާމާ" އަށް ބަދަލުކޮށް، ހިދުމަތް ދޭން ފަށައިފި

25 ދުވަސް ކުރިން - 12:48

މޯލްޑިވްސް ޕޯސްޓުން އީއެމްއެސް ޝިޕްމަންޓްތަކުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވްސް ޕޯސްޓުން %26 ގެ ޑިސްކައުންޓާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

25 ދުވަސް ކުރިން - 22:02