ބޭރުގެ ލޮޅުން ތަކުގެ ސަބަބުން ކުދި ގައުމުތަކުގެ އިގްތިސާދަށް ލޮޅުން އަރާނެ ކަމުގެ އިންޒާރު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އދ.ގައި ހޮނިހިރު ދުވަހު ސިޑްސްގެ ޤައުމުތަކާއިބެހޭ އިވެންޓުގައި ރައީސް ވަނީ، ކޯވިޑް-19 ގެ ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ޖީޑީޕީ ދަށަށް ދިއުމާ ހަވާލާދީ، ބޭރުގެ ލޮޅުންތަކުގެ ސަބަބުން މިފަދަ ނާޒުކު އިގްތިސާދުތަކަށް ގެއްލުން ލިބިދާނެ ކަމަށާއި، އެހެންކަމުން، އިނޮވޭޝަން އަދި އައު ދާއިރާތަކުން ފައިސާ ހޯދުމަށް މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކާ އެކު ހަރުދަނާ ޕާޓްނަޝިޕްތަކެއް ގާއިމް ކުރުމަށް ޤައުމުތަކަށް ގޮވާލައްވާފައެވެ.
ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި އިގްތިސާދީ ކުރިއެރުމަށް ފޯކަސްކޮށްގެން އެސްއައިޑީއެސް އަށް އެންޓިގޫއާ އެންޑް ބާބޫޑާ އެޖެންޑާ ކުރިއެރުވުމާ ބެހޭ ހާއްސަ ހަރަކާތަކަށް ވެސް ރައީސް ވަނީ ދުނިޔޭގެ ލީޑަރުންނަށް ދައުވަތު ދެއްވާފަ އެވެ.
އެސްއައިޑީއެސްގައި ދިގު މުއްދަތުގެ އިގްތިސާދީ ހަމަޖެހުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މުހިންމު ކަމަށް ބްލޫ އެންޑް ގްރީން ބޮންޑްތަކާއި ޑެޓް ފޯ ނޭޗާ ސްވޮޕް ފަދަ އިންސްޓްރޫމެންޓްތައް ރައީސް ފާހަގަ ކުރެއްވިއެވެ.









