Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭ: ޚާރިޖީ ވަޒީރު

އާނާ ފަހީމް
672 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 20:19
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ޚާރިޖީ ވަޒީރު މޫސާ ޒަމީރު
ޚުލާސާ

އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި، އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ. ދުނިޔެ ބަވަނަވަމުން އަންނައިރު ކުދި ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކާއި، އދ. އިން ކުރާ މަސައްކަތްތަކަށް ރާއްޖެއިން ތާޢީދުކުރާކަން ވަޒީރު ފާހަގަކުރެއްވި.

އދ. އަށް ނިޒާމީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރަންޖެހޭކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އދ. ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ދުނިޔެ ބަވަނަވަމުން އަންނައިރު މާލީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުދި ޤައުމުތަކަށް އެކި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން މޫސުމީ ބަދަލުަދަލުތަކަށް ނާޒުކު ޤައުމުތަކަށް، ބޮޑެތި ގެއްލުންތައް ކުރިމަތި ވަމުންދާކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ބަޔާނުގައި ވިދާޅުވީ، އދ. އިން ކަނޑައަޅާފައިވާ ސިޔާސަތު ތަކަށް އަބަދުވެސް ރާއްޖެއިން ތާޢީދުކުރާ ކަމަށެވެ. އެގޮތުން އަމާންކަމާއި ހަމަޖެހުން ޤާއިމް ކުރުމަށާއި އިންސާނީ ޙައްޤުތައް ކަށަވަރުކުރުމަށާއި ޤާނޫނު ތަންފީޒް ކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ އަށް އދ. އިން ކުރާ މަސައްކަތްތައް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އދ.ގެ މެންބަރުކަން ދަން ދިވެހިރާއްޖެއަށް ލިބުނީ 1965 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ވަޒީރު ވިދާޅުވީ، އދ.ގެ މެންބަރުކަން ރާއްޖެއަށް ލިބުނު ހިސާބުން، އެ ޖަމްޢިއްޔާގައި ކުދި ޤައުމުތަކުގެ ޝާމިލުވުން އިތުރުކުރުމަށް، ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. ޚާރިޖީ ވަޒީރު ވިދާޅުވީ، ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަމާންކަން ޤާއިމްކުރުމަށާއި ކޮންމެ ޤައުމެއްގެވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ. އަދި ދުނިޔޭގެ ޤައުމުތަކަށް ދިމާވާ މިފަދަ ދަތިތަކުން އަރައިގަނެވޭނީ ދައުރު ތެރޭގައި ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ބޭއްވި 11 ވަނަ އިމެޖެންސީ ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަދި އޭރުގެ އދ. އާންމު މަޖިލީހުގެ ރައީސްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައިވެސް ރާއްޖެއިންދަނީ އދ. ގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފަލަސްޠީނުގެ ލޮބުވެތި މުސްލިމް އަޚުންނަށް ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށް އދ.ގެ ބައްދަލުވުންތަކުގައި ރާއްޖެއިންދަނީ ހުއްޓުމެއްނެތި އަޑު އުފުލަމުންނެވެ. ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އދ. އިން ކަނޑައަޅާފައިވާ ސިޔާސަތުތަކަށް ތާޢީދުކުރުމާއެކު، ދުނިޔޭގެ ކޮންމެ ޤައުމެއްގައި އަމާންކަން ޤާއިމްކުރުމަށާއި ކޮންމެ ޤައުމެއްގެވެސް ދެމެހެއްޓެނިވި ތަރައްޤީއަށް އަޑުއުފުލުމުގައި ރާއްޖެއިން ދެމިތިބޭނެ ކަމަށެވެ. އަދި ދުނިޔޭގެ ޤައުމުތަކަށް ދިމާވާ ދަތިތަކުން އަރައިގަނެވޭނީ ބަދަލުތަކެއް ގެނެސް، ޤައުމުތަކުގެ މެދުގައި ހަމަހަމަކަން ޤާއިމްކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އދ.ގެ މެންބަރު ޤައުމަކަށް ރާއްޖެވިތާ 59 އަހަރު ފުރިފާވާއިރު، ރާއްޖެއިންވަނީ އދ. ގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން 2021 ވަނަ އަހަރު، އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއިން ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މޫސާ ޒަމީރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސްއާއެކު ގަދަކޮށް: ޒަމީރު

46 ދުވަސް ކުރިން - 22:06

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

48 ދުވަސް ކުރިން - 15:01

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

ފިނޭންސް މިނިސްޓަރު ކަމުން މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވައިފި

48 ދުވަސް ކުރިން - 11:49

މިނިސްޓްރީތަކުގެ ނަމަށް ބަދަލު ގެނެސް، ފިނޭންސަށް ޒަމީރު އަދި ހައުސިންގްއަށް މުއްތަލިބު އައްޔަނުކުރައްވައިފި

ފިނޭންސަށް ޒަމީރު އަދި ހައުސިންއަށް މުއްތަލިބު އައްޔަނުކުރައްވައިފި

102 ދުވަސް ކުރިން - 19:59

ހަރަދު ކުޑަކުރުމަށް ސަރުކާރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލައިފި

ހަރަދު ކުޑަކުރުމަށް ބޭރަށް ކުރާ ދަތުރުތައް ހުއްޓާލައިފި

122 ދުވަސް ކުރިން - 09:23

ހަރަދު ކުޑަކުރުމުގެ ޕްލޭން ހަފުތާއެއްގެ ތެރޭގައި ރައީސަށް ހުށަހަޅަނީ

ހަރަދު ކުޑަކުރުމުގެ ޕްލޭން ހަފުތާއެއްގެ ތެރޭގައި ހުށަހަޅަނީ

122 ދުވަސް ކުރިން - 09:12