Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިނިސްޓްރީތަކުގެ ނަމަށް ބަދަލު ގެނެސް، ފިނޭންސަށް ޒަމީރު އަދި ހައުސިންގްއަށް މުއްތަލިބު އައްޔަނުކުރައްވައިފި

މިނިސްޓްރީތަކުގެ ނަމަށް ބަދަލު ގެނެސް، ފިނޭންސަށް ޒަމީރު އަދި ހައުސިންގްއަށް މުއްތަލިބު އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 14 އޭޕްރިލް 2026 19:59
މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި މިނިސްޓަރު މޫސާ ޒަމީރު---
މިނިސްޓަރު އަބްދުﷲ މުއްތަލިބު އަދި މިނިސްޓަރު މޫސާ ޒަމީރު---
ޚުލާސާ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން" ގެ ނަމުގައި ހިންގަމުން އައި މިނިސްޓްރީގެ ނަން މިހާރު ވަނީ "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް

ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ނަންތަކަށް ބަދަލު ގެނައުމާއެކު، ކެބިނެޓްގެ މުހިންމު މަގާމުތަކަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭފުޅުން އައްޔަނުކުރައްވައިފި އެވެ.

މިގޮތުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފިނޭންސްގެ މިނިސްޓަރުކަމަށް މޫސާ ޒަމީރު އަލުން އައްޔަނުކުރައްވާފައިވާއިރު، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ވަޒީރުކަމަށް ޑރ. އަބްދުﷲ މުއްތަލިބު ވަނީ އަލުން އައްޔަނުކުރައްވާފަ އެވެ. މި ދެބޭފުޅުން ވެސް އަލުން މިނިސްޓަރު ކަމަށް އައްޔަނުކުރައްވާފައިވާއިރު އެ ދެބޭފުޅުން ނިސްބަތްވާ މިނިސްޓްރީތަކުގެ ނަމަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ.

ކުރިން "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން" ގެ ނަމުގައި ހިންގަމުން އައި މިނިސްޓްރީގެ ނަން މިހާރު ވަނީ "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް" އަށް ބަދަލުކޮށްފައެވެ. އަދި ކުރިން "މިނިސްޓްރީ އޮފް ހައުސިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ" ގެ ނަމުގައި ހިންގި މިނިސްޓްރީގެ ނަން ވަނީ "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް" އަށް ބަދަލުކުރައްވާފަ އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަވައި، ކުރިން ހިންގަމުން އައި 20 މިނިސްޓްރީގެ ތެރެއިން ބައެއް މިނިސްޓްރީތައް އެއްކޮށްލައްވާފަ އެވެ. މި ބަދަލާއެކު މިނިސްޓްރީތަކުގެ ޖުމްލަ އަދަދު ވަނީ 15 އަށް މަދުކުރައްވާފައެވެ.

ކެބިނެޓަށް މިފަދަ ކުއްލި ބޮޑު ބަދަލެއް ގެންނެވީ، މިއަދުގެ ވަގުތެއްގައި ސަރުކާރުގެ 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓަރު މޫސާ ޒަމީރުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

6 ގަޑިއިރު ކުރިން - 14:33

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

10 ގަޑިއިރު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

2 ދުވަސް ކުރިން - 17:13

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14