Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

ފިނޭންސް މިނިސްޓަރުގެ މަގާމަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ހަސަން ޒަރީރު އައްޔަނުކުރައްވައިފި

އައިޝަތު ރުވާ ރިފްޢަތު
93 ދުވަސް ކުރިން - 8 ޖޫން 2026 15:01
ހަސަން ޒަރީރަށް މަގާމުގެ ފަތްކޮޅު އެރުވުން. / ފޮޓޯ: ރައީސް އޮފީސް
ހަސަން ޒަރީރަށް މަގާމުގެ ފަތްކޮޅު އެރުވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޒަރީރު މި މަގާމަށް އައްޔަނުކުރެއްވީ، ކުރިން ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން. އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން އެކައުންޓިން ދާއިރާއިން ބެޗެލަރސް ޑިގްރީ އަދި ފިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފަ. ޒަރީރު ކުރިން ހުންނެވީ މީރާގެ އެންމެ އިސްވެރިޔާގެ މަގާމުގައި.

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އަލްފާޟިލް ހަސަން ޒަރީރު އައްޔަނުކުރައްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި، ހަސަން ޒަރީރަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު މުހައްމަދު ސަލީމްއެވެ.

ފިނޭންސް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރެއްވީ، އެ މަގާމުގައި ކުރިން ހުންނެވި މޫސާ ޒަމީރު މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަމަވެސް، ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement 1

އަލަށް އައްޔަނުކުރެވުނު ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި، ފުންނާބުއުސް ބޭފުޅެކެވެ. އެގޮތުން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން އެކައުންޓިން ދާއިރާއިން ބެޗެލަރސް ޑިގްރީ އަދި ފިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ އެމަނިކުފާނު ވަނީ ހާސިލްކުރައްވާފައެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އެންމެ އިސްވެރިޔާ، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައެވެ. މީގެ އިތުރުން، އެމަނިކުފާނަކީ 'ގްލޯބަލް ފޯރަމް އޮން ޓެކްސް ޓްރާންސްޕޭރެންސީ' ގެ އޭޝިއާ އިނީޝިއޭޓިވްގެ ކޯ-ޗެއަރގެ މަގާމުވެސް މިހާރު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

ހަސަން ޒަރީރު ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޯޑު މެންބަރުކަމާއި، ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

2006 ވަނަ އަހަރުން ފެށިގެން ފިނޭންސްއާ ގުޅުންހުރި އެކި ފަންތީގެ މަގާމުތައް އެކި މަގާމުތައް ޒަރީރު ފުރުއްވާފައިވާފައިވެއެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްފިނޭންސްމިނިސްޓަރު މޫސާ ޒަމީރުރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ދެމެހެއްޓެނިވި އަދި ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

އެސްއޯއީތައް އިސްލާހުކުރުމުގެ ނިންމެވުން: ހަރުދަނާ ހިދުމަތަކަށް އެޅުނު މުހިންމު ފިޔަވަޅެއް: ފަހުމީ

1 ދުވަސް ކުރިން - 08:45

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

މަދަނީ މައްސަލަތައް އަވަސްކުރަން ގާނޫނަށް އިސްލާހު ގެންނަނީ

1 ދުވަސް ކުރިން - 20:20

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

ހުރިހާ ރައްޔިތުން ރިސޯޓު ހިއްސާދާރުންނަށް ހަދާ ޕްރޮޖެކްޓް ނޮވެމްބަރުގައި ފަށަނީ

1 ދުވަސް ކުރިން - 19:54

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

އާސަންދަ ބަދަލާއެކު ރައްޔިތުންގެ އެހެނިހެން ކަންތަކަށް 287 މިލިއަން ރުފިޔާ

1 ދުވަސް ކުރިން - 16:33

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2028 މެދަކާހަމަޔަށް ދާއިރު ގިނަރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވެގެން ދާނެ: ރައީސް

2 ދުވަސް ކުރިން - 16:20

ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދެއްކުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ރައީސްގެ އިލްތިމާސް: ޤައުމާއި މެދު އިޚްލާޞްތެރިވާކަން ޢަމަލާއި ބަހުން ދައްކާ!

2 ދުވަސް ކުރިން - 16:05