Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހަރަދު ކުޑަކުރުމަށް ސަރުކާރުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް ހުއްޓާލައިފި

މުހައްމަދު ޖަމްޝަތު
204 ދުވަސް ކުރިން - 26 މާޗް 2026 09:23
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުން ހަރަދުކުރާ ގޮތަށް ދަތުރުތައް ކުރަން މިހާރު ހުއްދަ ނުދޭ. ހުއްދަ ދެނީ ހަމައެކަނި ބޭރުގެ ފަރާތްތަކުން ހަރަދުކުރާ "ފަންޑެޑް ދަތުރުތައް" ކުރުމަށް އެކަނި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތައް މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ހާމަކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ، ދިވެހި ސަރުކާރުން ހަރަދުކުރާ ގޮތަށް ދަތުރުތައް ކުރަން މިހާރު ހުއްދަ ނުދޭ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި މިހާރު ހުއްދަ ދެނީ ހަމައެކަނި ބޭރުގެ ފަރާތްތަކުން ހަރަދުކުރާ "ފަންޑެޑް ދަތުރުތައް" ކުރުމަށެވެ. ނަމަވެސް، ރާއްޖޭގެ ހާރިޖީ ސިޔާސަތާ ގުޅުންހުރި މުހިންމު ކަންކަމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ކުރައްވަން ޖެހިވަޑައިގަންނަވާ ދަތުރުތައް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

އެހެން ހުރިހާ ބައްދަލުވުންތަކެއްގައި އޮންލައިންކޮށް ބައިވެރިވުމަށް މިހާރު ވަނީ އިރުޝާދު ދީފައެވެ. ހަރަދު ކުޑަކުރުމުގެ މި ސިޔާސަތުގެ ދަށުން މިނިސްޓަރު ޒަމީރު އަމިއްލަފުޅަށް ކުރައްވަން އޮތް ދަތުރެއް ވެސް ވަނީ ކެންސަލް ކުރައްވާފައެވެ.

"އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ) ގެ 100 މިލިއަން ޑޮލަރުގެ ރޯލްއޯވާގެ ފައިނަލް ސިގްނޭޗާ އަށް އަޅުގަނޑު އޮތީ ދަތުރުކުރަން. އެކަމަކު މިހާރު އޮންލައިންކޮށް އެ ސިގްނޭޗާ ކަންތައް ވެސް ނިންމާ ގޮތަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތަށް ރިއާޔަތްކޮށް، ބައެއް މަޝްރޫއުތަކުގެ މުއްދަތު ދަންމާލުން ފަދަ ފިޔަވަޅުތައް ވެސް އަޅަން ޖެހިދާނެ ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން އިތުރަށް ހަރަދު ކުޑަކުރެވޭނެ ދާއިރާތައް ދެނެގަނެ، އެކަމުގެ ޕްލޭނެއް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އެނަލިސްޓުންގެ ލަފާކުރުންތަކާ ހަވާލާދީ މިނިސްޓަރު ވިދާޅުވީ، ހަނގުރާމަ ހުއްޓުމަކަށް އައި ނަމަވެސް އިގްތިސާދީ ހާލަތު އާންމު ހާލަތަކަށް ރުޖޫއަވުމަށް މަދުވެގެން ހަތަރު މަސް ދުވަސް ނަގާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ މި ހާލަތާ ގުޅޭ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލުމަށެވެ.

ފިނޭންސްމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްމިނިސްޓަރު މޫސާ ޒަމީރުއިގްތިސޯދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ 31.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ

2 ދުވަސް ކުރިން - 13:35

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

ދިވެހިންނަށް ހާއްސަ ދާއިރާތަކުގައިވާ ބޭރުގެ ވިޔަފާރިތަކުގެ ހަގީގީ މިލްކުވެރިކަން ކަށަވަރުކުރަނީ

6 ދުވަސް ކުރިން - 19:33

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މޫޑީސް އިން 'ސީއޭއޭ1' އަށް މަތިކޮށްފި

7 ދުވަސް ކުރިން - 15:47

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ

9 ދުވަސް ކުރިން - 14:02

"އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބާވަތްތައް އިތުރުކުރީ ކުދި ވިޔަފާރިތަކާ ވާދަކުރާކަށް ނޫން"

"އަސާސީ ކާބޯތަކެތީގެ ލިސްޓަށް ބާވަތްތައް އިތުރުކުރީ ކުދި ވިޔަފާރިތަކާ ވާދަކުރާކަށް ނޫން"

9 ދުވަސް ކުރިން - 11:41

ރާއްޖޭގެ އިގްތިސާދު ކުރިއަރައި އިމްޕޯޓް އިތުރުވެއްޖެ: ސައީދު

ރާއްޖޭގެ އިގްތިސާދު ކުރިއަރައި އިމްޕޯޓް އިތުރުވެއްޖެ: ސައީދު

10 ދުވަސް ކުރިން - 11:23