Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

ސިއްހީ ހާލަތު ހުރިގޮތުން އެއްފަރާތަށް ޖެހިލިޔަސް، ހުންނެވީ ރައީސް މުއިއްޒާއެކު ގަދަކޮށް: ޒަމީރު

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 9 ޖޫން 2026 22:06
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ---
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ރައީސް މުއިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތަށާއި ގައުމީ ފިކުރަށް ތާއީދުކޮށް، އެމަނިކުފާނާއެކު ސާބިތުކަމާއެކު ހުންނެވި ކަމަށް ޒަމީރު ވިދާޅުވި. އަދި މަގާމުން އެއްފަރާތަށް ޖެހިލިޔަސް، ޕާޓީ ކުރިއެރުވުމަށް ހަވާލުކުރާ ކޮންމެ ޒިންމާއެއް އުފުލަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި.

މަގާމުން އެއްފަރާތަށް ޖެހިވަޑައިގަތީ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ޕާޓީ ކުރިއެރުވުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ފިނޭންސް މިނިސްޓަރުކަމުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވި މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒަމީރުގެ ވާހަކަފުޅުގައި، 2018 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރު ނިމުމުން ޕާޓީގެ ކަންކަމާ ދުރަށް ޖެހިލެއްވި ސަބަބު ހާމަކުރެއްވިއެވެ. އެގޮތުން ޕާޓީ ބޮޑުވެގެން އަންނައިރު އާ ލީޑަޝިޕަކަށް ފުރުސަތު ދިނުމަކީ މުހިންމު ކަމެއް ކަމަށް ޒަމީރު ގަބޫލުކުރައްވައެވެ.

Advertisement

Advertisement 1
"މީގެ 20 އަހަރު ކުރިން މި ފިކުރުގައި މަސައްކަތް ކުރެއްވި އިރު ނެގި ފޮޓޯތަކުގައި އަޅުގަނޑުގެ އިސްތަށިގަނޑު ވަރަށް ދިގުކޮށް ހުންނާނެ. އުމުރުން ދުވަސްވާރަކަށް އަންނަ ބަދަލުތަކާއެކު އާ ލީޑަޝިޕަށް ފުރުސަތު ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް،"
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ނަމަވެސް، ޕާޓީން ގޮވާލާ ކޮންމެ ފަހަރަކު ހިދުމަތަށް ނުކުންނަވާނެ ކަމަށާއި، ރާއްޖޭގައި އޮތީ ދެ ފިކުރެއްކަން ޒަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ލީޑަރުންނާއި ޕާޓީތަކުގެ ނަން ބަދަލުވިޔަސް، ޑީއާރުޕީ، ޕީޕީއެމް އަދި ޕީއެންސީއަކީ އެއް ފިކުރެކެވެ. އަދި މިހާރު އެ ފިކުރުގެ ދަންމަރު ހިއްޕަވައިގެން ހުންނެވި ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވިދާޅުވެ، އެމަނިކުފާނާއެކު ހުންނެވިކަން ޒަމީރު ކަށަވަރުކޮށްދެއްވިއެވެ.

ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތަށް ތައުރީފު ކުރައްވަމުން ޒަމީރު ވިދާޅުވީ، ކުރީގެ ލީޑަރުންގެ ވިސްނުމުގައި އެހެން ގައުމެއް އިސްކުރުމުގެ ސިޔާސަތެއް އޮތް ނަމަވެސް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ގާއިމްކުރެއްވީ "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހިރާއްޖެ އިސްކުރުމުގެ ސިޔާސަތު ކަމަށެވެ. މީގެ އިތުރުން އިސްލާމްދީނާއި ގައުމިއްޔަތާއި ރައްޔިތުންގެ ތަނަވަސްކަމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ފިނޭންސް މިނިސްޓަރުކަމުން ވަކިވެވަޑައިގަތުމާ ގުޅޭގޮތުން ޒަމީރު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހަކީ ދުނިޔޭގެ މަސްރަހު އޮތްގޮތުން ފިނޭންސް މިނިސްޓަރަކަށް ވަރަށް ބޮޑު ޒިންމާއެއް އުފުލަންޖެހުނު ދުވަސްތަކެއް ކަމަށެވެ. އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލުތައް ބަލައި، އަދާހަމަކުރުމަށް ގިނަ ވަގުތު ހޭދަކުރަންޖެހޭއިރު، ސިއްހީ ހާލަތު ހުރިގޮތުން އެ މަގާމުގައި ދެމިހުރުމަކީ ޕާޓީއަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޒަމީރު ވިދާޅުވިއެވެ.

"ސިއްހީ ހާލަތު ތަން ނުދޭއިރު ވެސް އެ މަގާމުގައި ބައްދައިގެން ހުރުމަކީ ޕާޓީއަށް ކޮށްދެވޭނެ ރަނގަޅު ކަމެއް ނޫން. ގާބިލު ބޭފުޅުންނަށް ފުރުސަތު ދިނުމުގެ ގޮތުން އެއްފަރާތަށް ޖެހިލީ،"
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ޒަމީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މަގާމުން ވަކިވެވަޑައިގަތް ނަމަވެސް ރައީސް މުއިއްޒާއެކު "ގަދަކޮށް" ހުންނެވި ކަމަށާއި، ޕާޓީއާއި ފިކުރު ކުރިއެރުވުމަށް ހަވާލުކުރައްވާ ކޮންމެ ޒިންމާއެއް އުފުލަން ތައްޔާރަށް ހުންނެވި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމިނިސްޓަރު މޫސާ ޒަމީރުޕީއެންސީ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

10 މިނެޓު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

39 މިނެޓު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

1 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

1 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

2 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

18 ގަޑިއިރު ކުރިން - 20:04