Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރަނގި އޮޕަރޭޝަން: ދެ ރަށެއްގައި މަސައްކަތް ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަނީ

ކުރަނގި އޮޕަރޭޝަން: ދެ ރަށެއްގައި މަސައްކަތް ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަނީ

އާނާ ފަހީމް
622 ދުވަސް ކުރިން - 21 ސެޕްޓެންބަރު 2024 20:09
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ތެރެއިން
ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ ތެރެއިން
ޚުލާސާ

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަން ހއ. މުރައިދޫއާއި ހއ. މޮޅަދޫގައި ނިމި، މާލޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފި.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ކުރަންގި އޮޕަރޭޝަން މިހާތަނަށް 2 ރަށަކުން ނިންމާލާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ކުރަނގި އޮޕަރޭޝަންގެ މަސައްކަތް މިހާތަނަށް ނިމިފައިވަނީ ހއ. މުރައިދޫއާއި ހއ. މޮޅަދޫގައެވެ. މި ދެ ރަށުގެ ކައުންސިލުން ވަނީ އެ ރަށްރަށުގައި ތިބި ބިދޭސީންގެ މަޢުލޫމާތު އެ ވުޒާރާއިން އެކުލަވާލާފައިވާ ޕޯޓަލްއަށް އަޕްޑޭޓްކޮށްފައެވެ.

މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ގިނަ ޢަދަދެއްގެ ބިދޭސީން ތިބިކަން ހާމަވަމުންދާ ކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ބެލެނިވެރި ފަރާތެއް ނެތި، އޮޕަން ވިސާއާއި ފްރީ ވިސާގެ ނަމުގައި ރާއްޖެ އައިސް އަމިއްލަ މަސައްކަތުގައި ޝާމިލުވެގެން އާމްދަނީ ހޯދަމުންދާ ބިދޭސީން ހިމެނެއެވެ.

Advertisement

Advertisement 1

މާލޭގައި މި އޮޕަރޭޝަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވުޒާރާއިން ބުނެފައިވާއިރު، މިހާރުވެސް މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ އަދި އާންމު ސަލާމަތަށް ނުރައްކާވެދާނެ ގޮތަށް އުޅޭ ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކްތައް ރެއިޑުކޮށް، ގިނަ ޢަދަދެއްގެ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، ބައެއް މީހުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ކުރަނގި އޮޕަރޭޝަން
Ad
Ad

ގުޅޭ ޚަބަރުތައް

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

26 ދުވަސް ކުރިން - 12:43

ބިދޭސީން ހިންގާ 10 ތަނެއް ބަލައި ފާސްކޮށް 5 ތަނެއް ބަންދުކޮށްފި

ނުގަވައިދުން ބިދޭސީން ހިންގާ 5 ތަނެއް ބަންދުކޮށްފި

143 ދުވަސް ކުރިން - 22:36

ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ނަމަ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރަނީ

ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓްނުކުރާނަމަ ވަޒީފާދޭ ފަރާތްތައް ސަސްޕެންޑްކުރަނީ

489 ދުވަސް ކުރިން - 11:45

މިއަދު 1455 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިއްޖެ: މިނިސްޓްރީ

މިއަދު 1455 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިއްޖެ: މިނިސްޓްރީ

503 ދުވަސް ކުރިން - 20:54

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސަރަޙައްދުގައި މިއަދު ފަށައިފި

"ކުރަނގި" ބޮޑު ހަރަކާތެއް މާލެ ސަރަޙައްދުގައި ފަށައިފި

504 ދުވަސް ކުރިން - 10:27

ފުވައްމުލަކުގައި "އޮޕަރޭޝަން ކުރަނގި" ފެށުމަށް ކައުންސިލުން އެދެނީ ރައްޔިތުންގެ އެއްބާރުލުން

ފުވައްމުލަކުގައި "އޮޕަރޭޝަން ކުރަނގި" ފެށުމަށް ތައްޔާރު

579 ދުވަސް ކުރިން - 21:14

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%