ބިދޭސީން ހިންގާ 10 ތަނެއް ބަލައި ފާސްކޮށް 5 ތަނެއް ބަންދުކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 13 ޖެނުއަރީ 2026 22:36
މާލޭގެ ދިހަ ތަނަކަށް މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން.
މާލޭގެ ދިހަ ތަނަކަށް މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގެ ތެރެއިން.
ޚުލާސާ

މުއައްސަސާތައް ގުޅިގެން ހިންގް އޮޕަރޭޝަނެއްގައި ފަސް ތަނެއް ނޯޓިސް ދިނުމަށްފަހު ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވޭ.

ފުލުހުންނާއި، އިމިގްރޭޝަން، ކަސްޓަމްސް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި 10 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް ބިދޭސީން ހިންގަމުން އައި ފަސް ތަނެއް ބަންދުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހައްޔަރުކޮށް އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ބިޔަ މަޝްރޫއެއް ސަރުކާރުން ފަށައި، ސިލްސިލާކޮށް ދަނީ ތަންތަން ބަލައި ފާސްކޮށް ބިދޭސީންނާ ސުވާލުކުރަމުންނެވެ.

އެގޮތުން މުއައްސަސާތައް ގުޅިގެން ހިންގް އޮޕަރޭޝަނެއްގައި ފަސް ތަނެއް ނޯޓިސް ދިނުމަށްފަހު ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ފަށާފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި 9،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފަ އެވެ. އަދި މައުލޫމާތު ނުދީ، ބައޯމެޓްރިކްސް ނުދީ ފިލައިގެން އުޅުނު 350 ބިދޭސީއަކު ވަނީ ފޮނުވާލާފަ އެވެ.

ރާއްޖޭގައި އެކި ދާއިރާތަކުގައި ނުގަވައިދުން އުޅޭ ބިދޭސީން ވަރަށް ވެސް ގިނަ އެވެ. އެގޮތުން މި ފަހުން ރާއްޖޭގައި މަސާޖު ޕާލާތަކުގައި ނުގަވައިދުން އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައި ގައުމަށް ފޮނުވާލާފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%