އައިޖީސީއެސްއީ އިނގިރޭސި ލިސްނިންގ އިމްތިހާނު ކުރިއަށްދާ ވަގުތު މާލޭގެ ސެކަންޑަރީ ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، އިމްތިހާނު ކުރިއަށްދާނީ 21 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ ހެނދުނު 09:15 އިން 10:30 އަށް ކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި ސްކޫލްތައް ހިމެނޭ ސަރަހައްދުތަކުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.

ފުލުހުން ވަނީ އިމްތިހާނު ކުރިއަށްދާ ގަޑިތަކުގައި އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުންނާއި މަގުތައް ބޭނުންކުރާ އާންމުން، އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އަޑުގަދަ އަދި ދަރިވަރުންނަށް ދަތިވެދާނެ އެންމެހައި ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކޮށްފައެވެ.