މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އއ. ރަސްދޫގައި ހިންގި އޮޕަރޭޝަންގައި 8 ދިވެއްސަކާ ބަންގްލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރީ:
- ލިލީމީޑް / އއ. ރަސްދޫ، މުޙައްމަދު ޢުލްވާން ރަޝީދު (21އ)
- ގުލްދަސްތާގެ / އއ. ރަސްދޫ، އަޙްމަދު ޢަރީފު (37އ)
- ހަވާމަންޒިލް / އއ. ރަސްދޫ، އިބްރާހީމް ދިނާން (30އ)
- ފެހިވިނަ / އއ. ރަސްދޫ، އަޙްމަދު އިކުލީލް (37އ)
- ކާރނޭޝަންމާގެ / އއ. ރަސްދޫ، އަޙްމަދު މުޙައްމަދު (44އ)
- ކާރނޭޝަންމާގެ / އއ. ރަސްދޫ، ޢަލީ ވަސީމް (44އ)
- ވިދުވަރުގެ / ހދ. ކުމުންދޫ، ލީނާ މޫސާ (23އ)
- ހިކިފިނިފެންމާގެ / އއ. ތޮއްޑޫ، ރިމާޒު މުޙައްމަދު (29އ)
- ބަންގްލަދޭޝް، މެހެދީ ހަސަން (27އ)
މި މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި އއ. އަތޮޅު ފުލުހުން ގުޅިގެން މި މަހު 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގަކަމަސް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި ރަސްދޫއިން 10 ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާކަމަށްވެސް އެ އިދާރާއިން ހާމަކުރިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި އެންމެން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިބްރާހީމް ދިނާންއާއި، ރިމާޒު މުހައްމަދުއާއި، އަލީ ވަސީމް އަދި މެހެދީ ހަސަން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މުހައްމަދު އުލްވާން ރަޝީދުއާއި، އަހްމަދު އަރީފު އަދި އަހްމަދު މުހައްމަދު ފަސްދުވަހަށް އަދި އަހްމަދު އިކުލީލް ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު ލީނާ މޫސާ ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





