Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސަރަޙައްދުގައި މިއަދު ފަށައިފި

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މާލެ ސަރަޙައްދުގައި މިއަދު ފަށައިފި

އުސްތާޛް މުޙައްމަދު ޢަލީ
504 ދުވަސް ކުރިން - 18 ޖެނުއަރީ 2025 10:27
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. މިއަދު އެ ވުޒާރާގެ 75 އޮފިޝަލުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ނުކުމެއްޖެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން. މިއަދު އެ ވުޒާރާގެ 75 އޮފިޝަލުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ނުކުމެއްޖެ.
ޚުލާސާ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ހަރަކާތް މިއަދު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށްދާނެ.

"އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަޙައްދުގައި މިއަދު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ފަށައިފިއެވެ..

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި މި ހަރަކާތް މިއަދު ހެނދުނު 8 އިން ފެށިގެން އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. މި އޮޕަރޭޝަނުގައި އެ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވާނެ ކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މިއަދުގެ ހަރަކާތުގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް އެ ވުޒާރާގެ ޓީމުތައް ހަރަކާތްތެރިވާނެއެވެ.

Advertisement

Advertisement 1

މި ހަރަކާތުގެ ތެރެއިން ބިދޭސީ މަސައްކަތްތެރިން ސްކްރީންކުރުމުގެ މަސައްކަތް އެ ވުޒާރާގެ އެންޓިޓިޕް އޮފީހުން ކުރިއަށްގެންދާނެ ކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.

"އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް 21,000 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށްފައިވާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި 185 ރަށެއްގައި މި މަސައްކަތް ފަށައި، 55 ރަށެއްގައި މި މަސައްކަތް ނިންމާފައިވާ ކަމަށް ވެސް ވުޒާރާއިން ވަނީ މީހެ ކުރިން ބުނެފައެވެ..

މިއަދު ބޮޑު ހަރަކާތެއް ހިންގާއިރު އާޓިފިޝަލް ބީޗުގައި ބިދޭސީންތަކެއް މާރާމާރީ ހިންގައި ދިވެއްސަކަށް އަނިޔާދިން މައްސަލަ ވެސް ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީކުރަނގި އޮޕަރޭޝަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

24 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

26 ދުވަސް ކުރިން - 12:43

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މި މަހުގެ 27 ގައި ބާއްވަން ތައްޔާރުވެއްޖެ

މޯލްޑިވްސް ޑިޖިޓަލް ސަމިޓް މިމަހުގެ 27 ގައި

40 ދުވަސް ކުރިން - 08:52

ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީންގެ އަދަދު 62 ޕަސެންޓަށް އިތުރުވެއްޖެ: މިނިސްޓަރު އިހުސާން

62 ޕަސެންޓް ބިދޭސީންގެ ތިބީ ގަވާއިދާ އެއްގޮތަށް

44 ދުވަސް ކުރިން - 13:20

ބުލީކުރާ ފަރާތްތަކާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށް އޭޖީ އޮފީހާއެކު މަސައްކަތް ފަށައިފި

ބުލީކުރާ ފަރާތްތަކަށް ޖިނާއީ ފިޔަވަޅު އެޅުމަށް މަސައްކަތްކުރަނީ

44 ދުވަސް ކުރިން - 12:23

ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަށް ގުޅިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް: އިހްސާން

"ދަނާލުގައި މަރުވި ޒުވާނާ ފުލުހުންނަކަށް ނުގުޅާ"

44 ދުވަސް ކުރިން - 12:17