Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 24 އޯގަސްޓް 2026 13:11
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މީގެ ތެރޭގައި މަޝްހޫރު ރިސޯޓުތަކާއި ކުންފުނިތަކާއި ސިޔާސީ މީހުން ޝާމިލުވާ ކަމަށް. މިއީ މަނީ ލޯންޑަރިންގެ ޖިނާއީ ކުށެއް ކަމަށާއި، މިފަދަ ފަރާތްތަކާމެދު ބޮޑެތި ޖޫރިމަނާތަކާއި ހަރުކަށި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވި.

ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ނެތި އެކަން ކުރަމުންދިޔަ ހަތް ތަނެއް ބެލިބެލުމުން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި އެ ތަންތަނުން ކަޅުބާޒާރުގައި 77 މިލިއަން ޑޮލަރު މާރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާނެވެ.

އިހްސާން ވިދާޅުވީ، ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތް ދެނީ 63 ތަނަކުން ކަމަށެވެ. ނަމަވެސް އެއްވެސް ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް އެކަން ކުރާ ގިނަ ފަރާތްތަކެއް އުޅޭކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރެއިން ބެލި ހަތް ތަނަކުން އެކަނިވެސް މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ދައުރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement 1

ކަޅުބާޒާރަށް ޑޮލަރު ވަންނަ މަގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުއްދަ ނެތި ހިންގާ މިފަދަ ތަންތަނަކީ އަމިއްލައަށް ރާއްޖެއަށް ޑޮލަރު އެތެރެކުރާ ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ތަންތަން ނޫން ކަމަށެވެ. އަދި މި ފަރާތްތަކަށް ޑޮލަރު ފޯރުކޮށްދެނީ ރާއްޖޭގައި ޑޮލަރުން ބޮޑެތި އާމްދަނީ ހޯދާ ފަރާތްތަކުން ކަމަށާއި، އޭގެ ތެރޭގައި ނަން މަޝްހޫރު ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކުގެ އިތުރުން ސިޔާސީ ބައެއް ފަރާތްތައް ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އަންފޯޗުނޭޓްލީ މީގެ ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓުތައް. އޭގެ ތެރެއިން އެއް ފަރާތުން މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި، މި ދެންނެވި ރިސޯޓު ޗެއިނަކުން ހަތަރު މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައި،"
ހޯމް މިނިސްޓަރު އަލީ އިހްސާން

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބައެއް ރިސޯޓުތަކުން ކަޅުބާޒާރަށް ނެރޭ ޑޮލަރަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އުސޫލުތަކުގެ ދަށުން ބޭންކުތަކަށް މާރުކުރަން ޖެހޭ 20 ޕަސެންޓަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ނަމަވެސް ބޭންކުތަކަށް މާރުކުރަން ޖެހޭ ވަގުތު އެ އަދަދު ބޮޑުވެގެން ޝަކުވާ ކުރާއިރު، ކަޅުބާޒާރަށް އެ ޑޮލަރު ނެރެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހުއްދަ ނުނަގައި ބޭރު ފައިސާ މާރުކުރުމަކީ ޖިނާއީ ކުށެއް ކަމަށާއި، އެއީ މަނީ ލޯންޑަރިންގެ އަމަލެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެނގިގެން ވިޔަސް ނުވަތަ ނޭނގި ވިޔަސް މިފަދަ ޣައިރުގާނޫނީ އަމަލުތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކުރައްވަމުން، މިފަދަ ކަންކަން ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް އެޅުމުގައި ސަރުކާރު ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އިހްސާން ދެއްވިއެވެ. ގާނޫނާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

މިނިސްޓަރު އަލީ އިހުސާންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީޑޮލަރުގެ ކަޅު ބާޒާރު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރުފިޔާގެ ޑިމާންޑް މަތިކުރަން މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

މުސާރަތައް ވެސް ދިވެހި ފައިސާއިން ދޭ ގޮތަށް ބަދަލުކުރަން ޖެހޭ: މުނައްވަރު

12 ގަޑިއިރު ކުރިން - 14:18

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

40 ޕަސެންޓު ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަނީ

13 ގަޑިއިރު ކުރިން - 13:54

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

11 ދުވަސް ކުރިން - 10:50

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

މިނިސްޓްރީތަކުގައި ރޯވީ ކަރަންޓުގެ މައްސަލައަކުންކަން ހާމަވެއްޖެ!

13 ދުވަސް ކުރިން - 11:58

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

ގައުމީ ޚިދުމަތުގައި ނިޔާވި ފުލުހުންގެ ހަނދާން އައުކުރުމުގެ ދުވަސް

32 ދުވަސް ކުރިން - 09:28

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

ގޭންގުތަކުން ރަށުތެރޭގެ އަމަންނަގާލުން ބޮޑުތަނުން ކޮންޓްރޯލްކުރެވިއްޖެ: އިހުސާން

56 ދުވަސް ކުރިން - 09:03